ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން އެކުލަވާލައިފައިވާ ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ ކޮމިޝަނުން ނެރެފައިވާ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނަށް ފޮނުވުމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ނިންމަވައިފި އެވެ.

މަޖިލީހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޯނީގެ ރިޕޯޓް މަޖިލީހުގެ މެމްބަރުންނަށް ފޮނުއްވުމަށް މަޖިލީހުގެ ރައީސް ނިންމެވީ މިއަދު ހެނދުނު އެ ރިޕޯޓް މަޖިލީހުގެ ރައީސަަށް ލިބިވަޑައިގަތުމާ ގުޅިގެން ކަމަށެވެ.

މަޖިލީހުގެ މެމްބަރުންނަށް ވަކިވަކިން އެރިޕޯޓް ފޮނުއްވުމުގެ އިތުރުން މަޖިލީހުގައި ހިމެނޭ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި ގައުމީ ސަލާމަތުގެ ކޮމިޓީއާއި މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީއަށް ވެސް އެރިޕޯޓް ފޮނުވާ ގޮތަށް ވެސް މަޖިލީހުގެ ރައީސް ވަނީ ނިންމަވައިފަ އެވެ.

އިންކުއަރީ ކޮމިޝަންގެ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދަށް އަރުވާފައިވާއިރު ކަމާ ބެހޭ ހުރިހާ މުއައްސަސާއަކަށް ވެސް އެރިޕޯޓް ވަނީ ފޮނުވައިފަ އެވެ.