30 Aug 2012, 10:09
ހެންވޭރުގައި ހުންނަ ރެޑްވޭވް ފިހާރައިގެ ބިއްލޫރިގަނޑު ރޭގެ ވަގުތެއްގައި ބަޔަކު ތަޅާލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފިހާރައިގެ ބިއްލޫރިގަނޑު ތަޅާލާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާއި އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅައިލުމުގެ އިތުރުން އެއްވެސް އެއްޗެއް އެތަނުން ގެއްލިފައިވާ ކަމުގެ ރިޕޯޓް އަދި ލިބިފައިނުވާ ކަމަށެވެ.
ނަމަވެސް އެފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިފައި ވަނީ ކިހިނެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ރެޑްވޭވް ފިހާރައިގެ ބިއްލޫރިގަނޑު ފަޅައިލި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެެއް ނުވެ އެވެ.