ރ. ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް މީހަކު މިއަދު ފެނިއްޖެއެވެ.

ފުލުހުން ބުނީ، ކިނޮޅަސް ކައިރީ ކަނޑުމަތިން، މީހެއްގެ ހަށިގަނޑު އޮޔާ ދާކަމުގެ މައުލޫމާތު 16:24 އެހާކަންހާއިރު ލިބުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް އެ މުއައްސަސާއިން ބުންޏެވެ. ނަމަވެސް މިހާތަނަށް އެ މީހާއާ ގުޅޭ އިތުރު މައުލޫމާތެއް ނުދެއެވެ.

ތަފުސީލް އަންނަނީ..