Last Updated: 1 decade 3 year ago
Last Updated:
1 decade 3 year ago
އެމެރިކާ ސަރުކާރުން ވެސް ކޯނީގެ ރިޕޯޓް ބަލައިގެންފި
ކޯނީ އިން މިއަދު ނެރުނު ރިޕޯޓް ބަލައި ގަނެ، އެ ރިޕޯޓަށް ހުރިހާ ފަރާތްތަކުން އިހުތިރާމް ކުރުމަށް ކޮމަންވެލްތުން ގޮވާލައިފާވާއިރު ރިޕޯޓް އުފެއްދުމަށްޓަކައި ކޮމިޝަންގެ މެމްބަރުން ކުރައްވާފައިވާ ބުރަ މަަސައްކަތަށް ތައުރީފު ކުރައްވާފައި ވެސް ވޭ.
ގައުމީ ހިންގާ ކޮމެޓީގެ މެންބަރު އަދި ރައްޔިތުން މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ މއ. އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހްމަދު ދީދީ ހުށަހެޅުއްވި އެ ގަރާރަށް ތައީދު ކުރެއްވީ އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ރައީސް އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް.
ގައުމީ ހިންގާ ކޮމެޓީގައި ވާހަކަ ދެއްކެވި އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ހުރިހާ މެންބަރުންވެސް ވިދާޅުވެފައިވަނީ ކޮމިޝަން އޮފް ނޭޝަނަލްނ އިންކުއަރީ (ކޯނި) ގެ ރިޕޯޓުގައި ނެރިފގައިވާ ތަހްގީހގު ރިޕޯޓު އެ ޕާޓީން ބަލައި ނުގަންނާނެ ކަމުގައި. ކޯނީގެ ރިޕޯޓުގައި ވެރިކަން ބަލަވުވީ ބަޣާވާތަކުން ކަމަށް ބުނި ގިނަ ފަރާތްތަކުގެ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާ ކަމަށް ބައެއް މެންބަރުން ވިދާޅުވި އެވެ.
ކޯނީގެ ރިޕޯޓުން ދޭހަވަނީ މަގުމަތިން ވެރިކަން ބަދަލުވި ކުރެވިދާނެ ކަން ކަމަށް ވިދާޅުވެ މަގުމަތީ ހަރަކާތްތަކަށް ގައުމީ ހިންގާ ކޮމެޓީގެ މެންބަރުން ތަކުރާރުކޮށް ގޮވާލެއްވި
މިހާރު އެމްޑީޕީން ތައްޔާރުވަމުންދަނީ އެ ޕާޓީގެ ކުއްލި ގައުމީ މަޖިލީހެއް ބޭއްވުމަށް. އެ ޕާޓީގެ އާންމުން ދަރުބާރުގޭ ކުރިމަތީ ތިބިއިރު އެމީހުން ދަނީ ފުލުހުނާއި ބަހުގެ ހަމަލާތައް ދެމުން. އަދި ބައެއް ފަހަރު ފުލުހުންނާއި އާންމުނާއި ކުރިމަތިލުންތައް މިހާރުވެސް ހިނގަމުންދޭ. އެ ސަރަހައްދުގައި ރަޔަޓް ގިޔަރުގައި ތިބި ފުލުހުން ހަރަކާތްތެރިވަމުން އެބަދޭ. މާލެގެ މަގުތައް މައްޗަށް މުޒާހަރާ ކުރުމަށް ނުދެވޭނެ ހެން އެކި ސަރައްދުތައް ފުލުހުން ވަނީ ބަންދުކޮށްފައި
"ހަތެއް ފެބުރުއަރީ ދުވަހު އޭރުގެ ރައީސްލުޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވާފައި ވަނީ، ސިފައިން އެމަނިކުފާނަށް މަޖުބޫރުކޮށްގެން ނޫން ކަމަށާއި ސިފައިން ބަޣާވާތެއް ކޮށްގެން ކަމަށް އެ ކޮމިޝަނުން ނުފެންނަ ކަމަށް ނިންމާފައިވާކަމީ، ދިވެހި އެންމެހާ ސިފައިނަށާއި ސިފައިންގެ އާއިލާތަކަށް އަދި ދިވެހި ރައްޔިތުނަށް ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބިގެންދިޔަ ކަމެކެވެ."
Ministers attented to the hall.twitter.com/MvPressCenter/…
— MvPressCenter (@MvPressCenter)August 30, 2012
Cabinet meeting is goin on now. and the statement will be addresed after half and hour. - Abas Adil Riza
#maldivestwitter.com/MvPressCenter/…— MvPressCenter (@MvPressCenter)August 30, 2012
މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި، މި ރިޕޯޓުގައި ހިމެނޭ މައިގަނޑު ކަންތައްތަކުގެ ތަފްޞީލު، އެބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވި. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޮމިޝަންގެ މެންބަރުން ކޮށްދެއްވި ބުރަ މަސައްކަތްތައް ފާހަގަކުރައްވައި އެބޭފުޅުންނަށް ޝުކުރު އަދާކުރެއްވި.