30 Aug 2012, 08:49
އެއް ކިލޯގެ މަސްތުވާތަކެއްޗާ އެކު އެ މައްސަލާގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ފުލުހުން ހިންގި ހާއްސަ އޮފަރޭޝަނެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އުމުރުން 20 އަހަރުގެ ފިރިހެނެއް ކަމަށެވެ. ނަމަވެސް އޭނާ އާ ބެހޭ އިތުރު މައުލޫމާތެއް ނުދެ އެވެ.
އަދި ބުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭނާ ދިރިއުޅެމުން ދިޔަ ސިނަމާލެ އެކެއްގެ ޑިޕާޓްމަންޓެއް ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއް ކިލޯއަށް ވުރެ ގިނަ ތަކެއްޗާ އެކު ކަމަށެވެ.
ފުލުހުން މިހާރު ދަނީ އެމައްސަލަ ތަހުގީގް ކުރަމުންނެވެ.