29 Aug 2012, 21:34
މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް މިއަދު އުފައްދައިފި އެވެ.
ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، މޯލްޑިވިއަން ބްލަޑް ސާވިސަސްގެ މިއަދު އުފެއްދީ މިނިސްޓްރީ އޮފް ހެލްތްގެ ދަށުން ހިނގަމުންދާ އޮފީހެއްގެ ގޮތުގަ އެވެ.
މޯލްޑިވިއަން ބްލަޑް ސާވިސަސް އުފެއްދީ ލޭ ހޯދުމާއި، ލޭ ރައްކާކުރުމުގެ ޚިދްމަތް ދިނުމާއި، ލޭގެ ބަލިތަކަށް ފަރުވާކޮށް، މިކަންކަމާބެހޭ މަސައްކަތްތައް ކުރާނެ ސަރުކާރުގެ ވަކި މުއައްސަސާއެއް ރާއްޖޭގައި ޤާއިމް ކުރުމަކީ، ބޭނުންތެރި ކަމެއް ކަމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މޯލްޑިވިއަން ބްލަޑް ސަރވިސަސް އުފެއްދެވުމާ ގުޅިގެން، ލަސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނުގެ ހަވަނަ މާއްދާގެ (ހ) ގެ ދަށުން އުފެދިފައިވާ ތެލަސީމިއާ އެންޑް އަދަ ހީމޮގްލޮބިނޯޕަތީސް ސެންޓަރު ހިނގަމުންދާނީ، މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ދަށުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފަ އެވެ.