29 Aug 2012, 10:37
ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ (ކޯނީ) ގެ ރިޕޯޓް ނެރުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު، ސަރުކާރާ ބައިވެރިވާ ޕާޓީތަކުގެ ލީޑަރުންނާއި މިއަދު ބައްދަލު ކުރައްވާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން، އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ އެ ބައްދަލުވުން އޮންނާނީ މިއަދު 11:00 އިން ފެށިގެން ރައީސް އޮފީހުގައި ކަމަށާއި ބައްދަލުވުމުގައި ސަރުކާރުގައި ހިމެނޭ ޕާޓީތަކުގެ އިސް ލީޑަރުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ބައްދަލުވުމުގައި ރިޕޯޓަށް ފަހު ރާއްޖޭގައި ހަމަޖެހުން ގާއިމުކުރުމަށް ކުރަންޖެހޭ ކަންތައްތަކާ ގުޅޭ ގޮތުން ރައީސާއެކު ޕާޓީތަކުން މަޝްވަރާ ކުރާނެ ކަމަށާއި ރިޕޯޓަށް ފަހުވެސް ޕާޓީތަކުގެ ތާއީދު ރައީސަށް އޮންނާނެ ކަމަށް ޕާޓީތަކުން ރައީސްއަށް ދަންނަވާނެ އެވެ.
"އެ ބޭފުޅުން ރަސްމީކޮށް ރައީސާ މި ބައްދަލުކުރައްވަނީ ރިޕޯޓަށް ފަހުވެސް ރައީސްއަށް އެބޭފުޅުންގެ ތާއީދު އޮތް ކަން ހާމަކުރެއްވުމަށް،" އައްބާސް ވިދާޅުވި އެވެ.
ކޯނީގެ ރިޕޯޓު ރައީސުލް ޖުމްހޫރިއްޔާ އަށާއި ރައްޔިތުން މަޖިލީހާއި ޕީޖީއަށް ހިއްސާ ކުރަން މިއަދު ހަމަޖެހިފައި އޮތް ނަމަވެސް އެ ރިޕޯޓް ހިއްސާ ކުރުން ވަނީ މާދަމާއަށް ފަސްކޮށްފަ އެވެ. ރިޕޯޓު އާންމު ކުރަނީ ވެސް މާދަމާ އެވެ.
ކޯނީގެ ރިޕޯޓަށް ފަހު އަމަލުކުރާނެ ގޮތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ސަރުކާރުން ޕާޓީތަކާ އެކު ބާއްވާ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން ވެސް ހަމަޖައްސާފައި ވަނީ މާދަމާ ރެއަށެވެ. އެ ބައްދަލުވުމުގައި ގިނަ ޕާޓީތަކުގެ ލީޑަރުން
ކޯނީގެ ރިޕޯޓާ މެދު އެމްޑީޕީން މިހާރުވެސް އަންނަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.