ވެރިފަރާތަށް ނޭނގި ދެ އެކައުޓަކުން ފައިސާ ނެގި ބޭން އޮފް މޯލްޑިވްސްގެ ކޭޝިއަރެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ މއ. އާއިޝާ، ނަދާ ވަހީދު 24، ގެ މައްޗަށް ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ކޭޝިއަރެއްގެ ވަޒީފާގައި ހުރެ، ވެރިފަރާތަށް ނޭނގި ދެ އެކައުންޓަކުން ޖޫން 3، 2010 ވަަނަ ދުވަހު ނަދާ ފައިސާ ނެގިކަމަށް ފުލުހުންނަށް ހުށަހެޅުނު މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.