28 Aug 2012, 14:52
ވީޓީވީގެ އެކައުންޓްސް ޑިޕާޓްމަންޓްގައި މަސައްކަތް ކުރަމުން އެތަނުގެ ޗެކަކަށް ބަދަލު ގެނެސް ފައިސާ ނެގި އަންހެނެއްގެެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ގއ. ދާންދޫ ހިތަށްފިނިވާގޭ އާމިރާ މުހައްމަދު 26، ގެ މައްޗަށް ކަމަށެވެ.
އެމައްސަލަ ޕީޖީ އޮފީހަށް ފޮނުވީ މިމަހުގެ 13 ދުވަހު އެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖުލައި 17 ވަނަ ދުވަހު އެވެ.