31 Aug 2010, 12:22
ހއ. އައިލެންޑް ހައިޑަވޭ ދޮނަކުޅީގެ އިސް ވެރިޔަކު ނިދާފައިވާ އޮއްވައި ދަގަނޑަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމަކޮށްލައިފި އެވެ.
ދޮނަކުޅީ ޔޮޓްމެރީނާ އިން ބުނީ ރަށުގެ އޮޕަރޭޝަން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަފުޒަލު ނިދާފައި އޮއްވައި ހަމަލަދިނީ އިއްޔެރޭގެ މެންދަމު ދޭއްޖަހާ ބޮޑުވި ފަހުން ކަމަށެވެ. އަދި ބުނީ އެ ހަމަލާގައި އަފްޒަލްގެ ބޯ ފަޅައިގެން ގޮސް، ފައިގެ ކަށިމަތިން، ކަށިގަނޑުގައި ރެނދުލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އުމުރުން 46 އަހަރުގެ އަފްޒަލަށް ދަނގަނޑު ބުރިއަކުން ހަމަލާދީ ޒަހަމް ކޮށްލާފައި ވަނީ މޫނު ނިވާކޮށްގެން ހުރި މީހަކު އަފްޒަލް ނިދާފައި އޮތް ކޮޓަރީގެ ފާރެއް މަތިން އަރައި ކޮޓަރީގެ ތެރެއަށް ފުންމާލައިގެން ކަމަށެވެ.
މިހާދިސާއާ ގުޅިގެން ޝައްކު ކުރެވޭ މީހަކާ ރިސޯޓް ތިން މުވައްޒަފަކު ފުލުހުން ވަނީ ހައްޔަރުކޮށް މައްސަލައިގެ ތަހުގީގު ފައްޓައިފަ އެވެ.
ދަގަނޑުން ހަމަލަ ދިނުމުން ބޮލަށާއި ފަޔަށް ގެއްލުން ލިބުނު އަފުޒަލަށް ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގާ ދަނީ ފަރުވާ ދެމުންނެވެ.