ބަނގުރާ ކަމަށް ޝައްކުވާ 11 ފުޅިއާއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިއަ ހޮނިހިރު ދުވަހު މާލެއިން ހައްޔަރުކުރީ އުމުރުން 37 އަހަރާއި 32 އަހަރުގެ ދެ ފިރިހެނުން ކަމަށާއި އެ ދެ މީހުން ހައްޔަރު ކުރި އިރު ތިބީ މަސްތުގެ ހާލަތުގައި ކަމަށެވެ. އެ ދެ މީހުން ހައްޔަރު ކުރީ ހެންވޭރު ބޯޅަ ދަނޑު ކައިރިން ދެ ދަބަހާއެކު ސައިކަލުގެ ލައިޓް ނިއްވާލައިގެން ދަނިކޮށް އެ ސަރަހައްދު ޕެޓްރޯލްކުރަމުން ދިޔަ ފުލުހުންނަށް ފެނިގެނެވެ.

މާލެއިން ދެ މީހަކު ހައްޔަރުކޮށްފައިވާއިރު މިމަހު 15 ވަނަ ދުވަހު އައްޑޫއިން ވެސް ވަނީ ބަނގުރާ ކަމަށް ޝައްކުކުރެވޭ 21 ފުޅިއާއެކު މީހަކު ހައްޔަރުކޮށްފަ އެވެ.