27 Aug 2012, 15:21
އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓަށް އިސް މެޖިސްޓްރޭޓަކާއި ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓަށް މެޖިސްޓްރޭޓަކު ހަމަ ޖައްސަވައި މަގާމުގެ ފަތްކޮޅު މިއަދު ހަވާލުކޮށްފި އެވެ.
މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް ހަމަ ޖައްސަވާފައި ވަނީ ކ. ގުޅި ޑޭލައިޓް މުހައްމަދު އާމިރެވެ. ނައިފަރު މެޖިސްޓްރޭޓް ކަމަށް ހަމަޖެއްސެވީ ނައިފަރު، ސިނަމާގެ މުހައްމަދު މޫސާ އެވެ.
ޖުޑިޝަލް ސާވީސް ކޮމިޝަނު (ޖޭއެސްސީ) ބުނީ އެ ކޮމިޝަނުގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިޔާތުގައި އެ ދެބޭފުޅުން ވެސް ވެސް މަގާމުގެ ހުވާކުރައްވާފައިވާ ކަމަށެވެ.
މަގާމުގެ ހުވާ ދެ ބޭފުޅުނަށް ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް ކަމަށާއި އަދި މަގާމުގެ ފަތްކޮޅު ދެ ބޭފުޅުންނަށް ވެސް އެރުއްވީ ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދު އަބްދުﷲ ކަމަށް ވެސް އެ ކޮމިޝަނުން މައުލޫމާތުދެ އެވެ.