27 Aug 2012, 11:57
ތިން އަހަރުގެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގި މީހަކު 20 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އާއިލާގެ މެންބަރަކާއިމެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށް ޝަރީއަތަށް ސާބިތުވުމުން 20 އަހަރަށް ޖަލަށް ލުމަށް މިއަދު ހުކުމްކޮށްފައި ވަނީ މއ. ފިނިފެންޖަންބުގޭ، އަހުމަދު ސައީދުގެ މައްޗަށް ކަމަށެވެ.
އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމާ ބެހޭ ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ށ) ދަށުންނެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އޭނާގެ މައްޗަށް އެ ދައުވާ ކުރީ 2010 ވަނަ އަހަރުގެ އެކި ދުވަސްތަކުގެ މަތިން އޭނާގެ ބެލެނިވެރިކަމުގެ ދަށުގައި ހުރި ތިން އަހަރުގެ ކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގާފައިވާތީ ކަމަށެވެ.