ފަހިޕޭ މެދުވެރިކޮށް، ސްޓެލްކޯއިން ފޮނުވާ ކަރަންޓު ބިލު ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ފަހިޕޭއިން ފެން ބިލު ވެސް ދެއްކޭއިރު، ގޭގެ ފެނާއި ކަރަންޓުގެ ބިލުތައް އެއް އެޕަކުން ދައްކަން ފުރުސަތު ލިބުމުން ގިނަ ފަސޭހަތަކެއް ލިބޭނެއެވެ.

ފަހިޕޭއަށް މިހާރު އަށް އަހަރު ވެފައިވާއިރު، މިއީ ފައިސާގެ މުއާމަލާތް ކުރުމަށް ގިނަ ބަޔެއްގެ އިތުބާރު ލިބިފައިވާ ޕްލެޓްފޯމެކެވެ.

ފަހިޕޭއިން ކޮންމެ ވަގުތެއްގައި ކޮންމެ ތަނެއްގައި ހުރެގެން ވެސް، އޮންލައިންކޮށާއި އޮފްލައިންކޮށް ވެސް ރީލޯޑް ނުވަތަ ރާސްޓަސްގެ ޚިދުމަތް ހޯދައި ބިލުތައް ދެއްކޭނެއެވެ.

ފަހިޕޭގެވެބްސައިޓުންވެސް ޚިދުމަތްތައް ލިބެން ހުންނައިރު،އައިއޯއެސް އެޕްއަދިއެންޑްރޮއިޑް އެޕްގެ ޒަރިއްޔާއިން ވެސް ފައިސާ ދެއްކޭނެއެވެ.

ފަހިޕޭއިން ދިރާގާއި އުރީދޫގެ ހުރިހާ ބިލަކަށް ފައިސާ ދެއްކުމާއި ދިރާގާއި އުރީދޫ ޕެކޭޖު ރީޗާޖާއި ދިރާގުޕޭ ކޭޝްއިން އަދި އުރީދޫ އެމްފައިސާ ކޭޝްއިންގެ ޚިދުމަތް ވެސް ލިބެއެވެ. އަދި މީޑިއާނެޓްގެ ބިލާއި މޯލްޑިވް ގޭސްގެ ގޭސް ފުޅިއަށް ވެސް އޯޑަރު ކޮށްލެވޭނެއެވެ.

ފަހިޕޭއިން ބިލްތައް ދެއްކުން އިތުރު ފަސޭހަކޮށްދޭ ކަމަކީ، ބިލްތައް ޝެޑިއުލް ވެސް ކުރެވުމެވެ. އަދި ޕަހިޕޭ މެދުވެރިކޮށް ރީލޯޑު ނުވަތަ ރާސްޓަސް ޚިދުމަތް ހޯދާ ނަމަ އިތުރު ފައިދާތަކެއް ވެސް ކަސްޓަމަރުންނަށް ލިބެއެވެ. އެގޮތުން ފަހިޕޭގެ ބޯނަސް ސްކީމްގައި ބައިވެރިވުމަށް ފަހު ކުރައްވާ 50 ރުފިޔާއިން ފެށިގެން މަތީގެ ކޮންމެ ރީލޯޑު ނުވަތަ ރާސްޓަސްއަކަށް ޕޮއިންޓް ލިބޭނެއެވެ. މި ޕޮއިންޓްތައް ރިޑީމް ކުރުމުން ހިލޭ ބެލެންސް ހޯދުމުގެ ފުރުސަތު ވެސް ފަހިޕޭގައިވެއެވެ.

ފަހިޕޭއާ ގުޅޭ އިތުރު މައުލޫމާތު، ލޭންޑްލައިން ނަންބަރު 4007004 އަށް ނުވަތަ މޯބައިލް ނަންބަރު 7997991 އަށް ގުޅުމުން ލިބޭނެއެވެ.