26 Aug 2012, 22:13
ބަނގުރާ ކަމަށް ޝައްކުކުރެވޭ ގިނަ އަދެއްގެ ފުޅިތަކަކާ އެކު އައްޑޫ ސިޓީން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ބަނގުރާކަމަށް ޝައްކު ކުރެވޭ 21 ފުޅިއާ އެކު އައްޑޫ ސިޓީގެ ފޭދޫން މީހަކު ހައްޔަރު ކުރީ މިމަހުގެ 15 ވަނަ ދުވަހު ކަމަށެވެ.
ފުލުހުން ބުނީ އެ ދުވަހުގެ ހަވީރު 5:00 އެހާކަންހާއިރު ފޭދޫ އާއި ގަން ގުޅުނު ކޯޒްވޭ މަތިން، ކޯޒްވޭ ފުއްޓަރު ފަރާތަށް ސައިކަލެއްގައި ދެ މީހަކު ގޯންޏެއް ހިފައިގެން ދިޔަތަން ފުލުހަކަށް ފެނުމާ އެކު ފުލުހުން އެސަރަހައްދަށް ދިޔަ ކަމަށެވެ. އަދި ފުލުހުން އެތަނަށް ދާތަން އެ ދެ މީހުން ފެނުމާ އެކު އެ ދެމީހުން އެމީހުން ގެންގުޅު ގޯނި އެސަރަހައްދަށް އެއްލާލުމަށް ފަހު ފޭދޫ އަށް އަރައި ފިލައިގެން ގޮސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިދެ މީހުންގެ ތެރެއިން ހައްޔަރު ކުރި މީހާ ހައްޔަރުކޮށްފައި ވަނީ ފޭދޫ ފުއްޓަރު ފަރާތު މޫދުގައި އޮއްވާ ކަމަށާއި އެ ދެ މީހުން އެއްލާލި ގޯނިތެރެއިން ބަނގުރާ ކަމަށް ޝައްކުކުރެވޭ 21 ފުޅި ފެނިފައި ވާތީ މިހާރު އެ މައްސަލައިގެ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.