26 Aug 2012, 22:05
ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ނަރު ރޯލުތަކަކާ އެކު އެ މައްސަލާގައި ތުހުމަތުކުރެވޭ މީހަކު ހުޅުމާލެ އިން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އުމުރުން 30 އަހަރުގެ ފިރިހެންމީހާއަކީ ފޭރުމާއި ވައްކަމުގެ އިތުރުން މާރާމާރީ މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ. ނަމަވެސް އޭނާއާ ބެހޭ އިތުރު މައުލޫމާތެއް ނުދެ އެވެ.
އަދި ބުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ރޭ ދަންވަރު 2:00 ޖަހާކަންހާއިރު، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ނަރު ރޯލްތަކެއް ހިފައިގެންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް ހުޅުމާލެ ޕްރީ ސްކޫލް ކައިރިން ކަމަށެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ސަރަހައްދު ބިންމަތީގައި ބަހައްޓާފައި ހުރި ދަބަހެއްގެ ތެރެއިން ވަގަށް ނަގާފައިވާ ނަރު ރޯލްތަށް ފެނިފައިވަވާ ކަމަށެވެ.
އެ މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ އިތުރަށް ތަހުގީގް ކުރަމުންނެވެ.