26 Aug 2012, 18:23
ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރުމަށް ރައީސުލް ޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދަވާފައިވާ ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ (ކޯނީ)ގެ ރިޕޯޓް އެކުލަވައިލުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
މިއަދު ކޮމިޝަނަށް ނެރުނު ކުރު ދެންނެވުމެއްގައި ބުނެފައިވަނީ ކޮމިޝަނުގެ ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް އެ ކޮމިޝަނުގެ ފަސް މެންބަރުންނާއި ދެ އެޑްވައިޒަރު ކުރައްވަމުން އަންނަ ކަމަށެވެ.
އަދި ރިޕޯޓް އެކުލަވާމުގެ މަސައްކަތް ކުރަމުންދާއިރުވެސް އިތުރަށް ޔަގީންކުރަން ޖެހޭ މައުލޫމާތަކާއި ހޯދަން ޖެހޭ ހެކިތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ އެންގެއުމުގައި ބުނެފައިވެ އެވެ.
"މި މަސައްކަތުގައި އިތުރަށް ޔަގީން ކުރަންޖެހޭ ބައެއް މައުލޫމާތު ތަކާއި ހެކި ހޯދުމުގެ މަސައްކަތްތައްވެސް ކޮމިޝަނުން މިގެންދަނީ ކުރަމުންނެވެ،" ފަސް ފޮޅުވަތުގެ އެ އެންގުމުގައި ބުނެފައިވެ އެވެ.
އެކޮމިޝަނުގެ ރިޕޯޓު އާންމު ކުރުމަށް ހަމަ ޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ.