08 Mar 2010, 15:07
19:00
ފޯމެކްސް ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން އެފިހާރައިން ވައްކަން ކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ ފަތިހު ފުލުހުން ހައްޔަރުކޮށްފައި ވަނީ މ.ޑައިލްކޮމްޕްލެކްސް ގައި ދިރިއުޅޭ ގއ.ވިލިނގިލީ ލިފަދޫ، އުމުރުން 19 އަހަރުގެ ޢަލީ ލަތީފް ކަމަށެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފޯމެކްސް ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ފިހާރަތެރެއަށް ވަދެ އެތަނުގައި ހުރި އަގުބޮޑެތި ލެޕަޓޮޕްތަކަކާއި ޑެސްކްޓޮޕްތަކެއް އަދި ޕެންޑްރައިވްތަކެއް ވަގަށް ގެންދަން މަސައްކަތް ކުރަނިކޮށް ކަމަށް ފުލުހުން ބުނެ އެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އެވަގުތު އެސަރަހައްދު ޕެޓްރޯލްކުރަމުންދިޔަ މާފަންނު ޕޮލިސްގެ ފުލުހުންނަށް އެ މަންޒަރު ފެނިގެން ކަމަށް ފުލުހުން ބުނެ އެވެ.