14:41


ކުރީގެ ސަރުކާރުގެ ދުވަސްވަރު ހިންގާފައިވާ ޝަރީއަތްތައް އަލުން ހިންގޭ ގޮތަށް އޮތް މާއްދާ އުނިކުރުމަށާއި ރަށު ކޯޓުތައް މެޖިސްޓްރޭޓް ކޯޓުތަކަށް ބަދަލުކޮށް 500 މީހުންގެ އާބާދީ ހިމެނޭ ކޮންމެ ރަށެއްގައި މެޖިސްޓްރޭޓަކު ހުންނަންޖެހޭނެ ކަމަށް ކޯޓުތަކުގެ ބިލުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ ރޭގެ ޖަލްސާގައި، ކޯޓްތަކުގެ ބިލަށް ބައެއް މެންބަރުން ހުށަހެޅުއްވި އިސްލާހުގެ ތެރެއިން ޖަލްސާ ހުއްޓާލުމުގެ ކުރިން ވޯޓަށް އަހައި ފާސްވި ބައެއް އެހެން އިސްލާހުތަކުގައި


500 މީހުންގެ އާބާދީ ހަމަނުވާ ރަށްރަށުގައި ވެސް ޝަރީއަތްތައް ކުރިއަށް ގެންދިމުގެ އިންތިޒާމު ގާއިމްވެފައި އޮންނަންވާނެ ކަމަށް ވެސް ވަނީ ފާސްކޮށްފަ އެވެ. އަދި އެކި ސަރަހައްރުތަކުގައި، އިސް މެޖިސްޓްރޭޓަކު ޖުޑިޝަލް ސާވިސް ކޮމިޝަނުން އައްޔަންކުރަން ޖެހޭ ކަމަށް ވެސް މަޖިލީހުން ފާސްކޮށްފައިވެ އެވެ.  އަދި ހައިކޯޓުގައި 12 ފަނޑިޔާރުންގެ ބެންޗެއް އޮންނަން ޖެހޭނެ ކަމަށް ބިލުގައި ހިމަނާފައިވާ މާއްދާ އިސްލާހްކޮށް ހައިކޯޓުގައި ނުވަ ފަނޑިޔާރުންގެ ބެންޗެއް އޮންނަން ޖެހޭނެ ކަމަށް މި ބިލުގައި ހިމެނުމަށް ވެސް ރޭގެ ޖަލްސާއިން ވަނީ ފާސްކޮށްފަ އެވެ.