26 Aug 2012, 09:52
ނ. ހެބަދޫގައި މޫދަށް ވެއްޓިގެން ހޯދަމުން ދިޔަ ޒުވާނާ އޭނާގެ ގޭގައި ހުއްޓައި ފެނިއްޖެ އެވެ.
އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ރޭ 11:00 ޖަހާކަންހާއިރު ހެނބަދޫން މީހަކު މޫދަށް ވެއްޓި ގެއްލިގެން ރިޕޯޓްކުރުމުން ސިފައިނާއި ފުލުހުނާއި އެ ރަށު ރައްޔިތުންވެގެން އެނާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް އޭނާ ފެނިފައި ވަނީ ރޭ ފަތިހު 4:30 އެހާކަންހާއިރު އޭނާ ދިރިއުޅޭގޭގައި ހުއްޓައި ކަމަށެވެ.
ހެނބަދޫން މޫދަށް ވެއްޓި ގެއްލިގެން ހޯދުމަށް އެމްއެންޑީއެފް އަށް ރިޕޯޓް ކޮށްފައި ވަނީ އެ ރަށު ހެނބަދޫ، އެންދެރިމާގޭ 18 އަހަރުގެ މުޙައްމަދު އަޒުމީލް އެވެ.
"މިމިހާ ރޭ 04:30 ވަންދެން އުޅުނީ ދޯންޏެއް އެޅުމަށް ޓަކައި އަޅާފާއި އޮތް ވަލެއްގައި ހިފަހައްޓައިގެން. އޭނާ ހޯދަން އެ ސަރަހައްދަށް މީހުން ކައިރިވުމުން ކޮންމެ ފަހަރަކު ވެސް އެދިމާލު މޫދު އަޑިއަށްދާ ކަމަށް މީނާ ބުނެފައި ވަނީ. އަދި ގެއަށް ގޮސްފައި ވަނީ އެ ސަރަހައްދުން މީހުން މަދުވުމުން،" އެމީހާއާ ހަވާލާދީ އެމްއެންޑިއެފުން ބުންޏެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އަދި ވިދާޅުވީ އޭނާ ހޯދުމުގެ ގޮތުން އެމްއެންޑީއެފްގެ ޑައިވިން ޓީމުން ވަނީ އޭނާ މޫދަށް ވެއްޓުނު ކަމަށް ބުނާ ޖެޓީ ސަރަހައްދުން ފެށިގެން 600 މީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލާފައިވާ ކަމަށެވެ.
ހެބަދޫ ކައުންސިލުން ބުނީ އޭނާ ރޭ އެ ރަށު ފާލަންމަތީގައި ބައިސްކަލް ދުއްވަން އުޅުމުގެ ތެރޭގައި ބައިސްކަލާ އެއްކޮށް މޫދަށް ވެއްޓުނު ކަމަށް އެވަގުތު އެ ސަހައްދުގައި ތިބި ދެ މީހަކަށް ފެނުނު ކަމަށާއި އެމީހުން އެތަނަށް ގޮސް ބެލި އިރު ވެއްޓުނު ދިމާލު މޫދުގައި ބައިސްކަލް އޮތް ކަމަށާއި އެމީހާ ފެންނަން ނެތް ކަމަށް އެ ދެ މީހުން ބުނެފައިވާ ކަމަށެވެ.
މިހާރު އެމައްސަލަ ދަނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގް ކުރަމުންނެވެ.