25 Aug 2012, 16:26
އއ. މަތިވެރިން ފުރައިގެން އެ އަތޮޅު ނިކަ ރިސޯޓަށް ދިޔަ ދޯންޏެއް އެ ރިސޯޓުގެ ފަރަށް އަރައި ގެއްލުންތަކެއް ވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ފަރަށް އަރައި ބަނޑުފިލާ ފޫގޮސްގެން ރޭ 12:20 ހާއިރު ފެތުނީ ނިކަ ރިސޯޓުގެ "ފެށުން" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. "ފެށުން" ދޯނި ފެތުނު އިރު އެއޭގައި ޓޫރިސްޓުންނެއް ނެތެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި އެއް ނުވެ އެވެ.
އަދި ދޯނީގެ ބަނޑުފިލައިގެ ދެ ތިން ތަނަކުން ފޫގޮސް، ކޯސްޓްގާޑަށް އެންގުމުން އެ އަތޮޅު ބޮޑުފުޅަދޫން ދޯންޏެއް އެ ސަރަހައްދަށް ފޮނުވައިގެން އެ ދޯނީގެ އެހީތެރިކަމާ އެކު ދޯންޏަށް ދިޔައަރަމުން ދިޔަ ތަންތަން ބައްދައިގެން ރޭވަނީ އއ. މަތިވެރި ފަޅަށް ވައްދާފައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.