01 Dec 2025, 09:22
ވެސްޓް ހޭމް ޔުނައިޓެޑް އާއި ދެކޮޅަށް ކުޅުނު މެޗުގައި ލިވަޕޫލްގެ މިސްރުގެ ފޯވާޑު މުޙައްމަދު ސަލާހު ބެންޗުގައި ބަހައްޓައިގެން ލިވަޕޫލުން ވެސްޓް ހޭމް އަތްދަށުކޮށްފިއެވެ.
ވެސްޓް ހޭމްގެ ލަންޑަން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
މި މޮޅާއެކު ލިވަޕޫލް އޮތީ ކުޅުނު 13 މެޗުން ލިބިފައިވާ 21 ޕޮއިންޓާއެކު ތާވަލުގެ 8 ވަނައިގައެވެ. ވެސްޓް ހޭމް އޮތީ ތާވަލުގެ 17 ވަނައިގައެވެ. އެއީ ކުޅުނު 11 ޕޮއިންތާއެކު އެވެ.
އެންމެފަހުން ލިވަޕޫލްގެ ޖާރޒީގައި ސަލާހު ފޯމުގައި ހުރެ ބެންޗުން ފަށަން ޖެހުނީ 2024 ވަނަ އަހަރުގައެވެ. މިއީ އެ ލިވަޕޫލުގެ ކޯޗު އާނޭ ސްލޮޓްގެ ނިންމުމެކެވެ. ލިވަޕޫލް މޮޅުވި ނަމަވެސް މިމެޗުގައި ސަލާހު ބޭނުންނުކުރަން ނިންމުމުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނެއެވެ. އެ ޓީމުން މިމެޗުގައި ލީޑުނެގީ 60 ވަނަ މިނިޓުގައެވެ. މިއީ އެލެކްޒެންޑަރ އިސާކް ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއީ ލިވަޕޫލް ޖާރޒީގައި އޭނާގެ ފުރަތަމަ ލަނޑެވެ.
އިސާކް އަކީ ނިމިގެންދިޔަ ޓްރާންސްފަރ ބާޒާރުގައި ރެކޯޑް ފީއެއް ކަމުގައިވާ 125 މިލިއަން ޕައުންޑަށް ނިއު ކާސަލުން ލިވަޕޫލަށް ބަދަލުވި ކުޅުންތެރިއެކެވެ. .
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް ވެސްޓް ހޭމްގެ ލޫކަސް ޕަކޭޓާ އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއިއެކު ރަތް ކާޑެއް ދައްކާފައެވެ.
ލިވަޕޫލުގެ ދެވަނަ ލަނޑެއް ޖަހާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި ކޯޑީ ގެކްޕޯ ކާމިޔާބުކޮށްދިން ލަނޑެކެވެ.