ޑައިރެކްޓަރު ޝޫޖިތު ކޮމެޑީ ފިލްމަކަށް ތައްޔާރު ވަނީ
ޑައިރެކްޓަރު ޝޫޖިތު ކޮމެޑީ ފިލްމަކަށް ތައްޔާރު ވަނީ

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "ޕީކޫ"ގެ ޑައިރެކްޓަރު ޝޫޖިތު ސިރްކާރު ހުރާފީ ކޮމެޑީއެއް އުފައްދަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އަންނަ އަހަރު މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ މި ފިލްމުގެ ލީޑް ތަރިންނަކީ އިންޑިއާގެ ކުޅަދާނަ އެކްޓަރުން ކަމަށްވާ މަނޯޖް ބަޖްޕައީ އަދި ރާޖްކުމާރު ރާއޯއެވެ.

ފިލްމު "ސަރުދާރު އުޅަމް"، "އޮކްޓޯބަ" އަދި އައި ވޯންޓު ޓޯކް" ފަދަ ވަރަށް ސީރިއަސް މައްސަލަތަކުގެ މައްޗަށް ބިނާކޮށް ފިލްމު އުފައްދަމުން އައި ޑައިރެކްޓަރު މިހާރު ޝައުގުވެރި ވަނީ ކޮމެޑީ ޖޯންރާ ތަޖުރިބާކޮށްލަން ކަމަށާއި މި ފިލްމު އުފައްދަން ނިންމީ އެ ސަބަބާހުރެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޝޫޖިތު އުފައްދާ ފިލްމަކީ ހިންދީ ސިނަމާއިން މިހާތަނަށް ފެނިފައިނުވާފަދަ މައުޟޫއަކަށް ބިނާކޮށް ގެނެސްދޭނެ ވާހަކައަކަށްވާނެ ކަމަށާއި އެއީ މިހާތަނަށް އިންޑިއާގެ ފިލްމު އުފެއްދުންތެރިން ތަޖުރިބާކޮށްފައި ނުވާނެ މައުޟޫއަކަށްވާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޝޫޖިތު އެންމެފަހުން ގެނެސްދިން ފިލްމު "އައި ވޯންޓު ޓޯކް"ގެ މަންޒަރެއްގައި އެކްޓަރު އަބީޝެކް ބައްޗަން--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ނެޝަނަލް އެވޯޑު ހާސިލުކޮށްފައިވާ ދެ އެކްޓަރުންނާ އެކު މަސައްކަތް ފަށަން ނިންމާފައިވާ މި ފިލްމާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ޝޫޖިތުގެ ޓީމުން މިހާތަނަށް ހިއްސާކޮށްފައެއް ނުވެއެވެ.

ޝޫޖިތު އެންމެ ފަހުން ގެނެސްދިން ފިލްމު "އައި ވޯންޓް ޓޯކް"އަށް މި އަހަރުގެ ފިލްމު ފެއާ އެވޯޑުގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑުގެ އިތުރުން ކްރިޓިކުން ހޮވާ އެންމެ މޮޅު އެކްޓަރުގެ އެވޯޑު ވެސް ވަނީ ލިބިފައެވެ. އެ ފިލްމުގައި ލީޑް ރޯލް ކުޅެފައި ވަނީ އެކްޓަރު އަބީޝެކް ބައްޗަންއެވެ.