25 Aug 2012, 09:49
އުމުރާގެ އަޅުކަން ނިންމާލުމަށް ފަހު ރާއްޖެ އަންނަ މީހުނަށް އެއާޕޯޓުން ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ސައުދީއަރަބިއްޔާ އިން އުމުރާގެ އަޅުކަން އަދާކުރުމަށް ފަހު އަންނަ މީހުނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން އުމުރާ އިން އަންނަ އެންމެ ފަހު ގުރޫޕް މާދަމާ އަންނަ ގޮތަށް ހަމަޖެހިފައިވާ އިރު އެއެންމެނަށް ވެސް ސިފައިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
އުމުރާ އިން އަންނަ މީހުންގެ ފުރަތަމަ ފްލައިޓް އައީ މިދިޔަ ބުދަ ދުވަހު އެވެ.
އަދި ބުނީ ސިފައިން އެހީތެރިކަން ފޯރުކޮށްދެނީ އުމްރާ އިން އަންނަ މީހުންގެ ފޮށިތަންމަތި ޓްރޮލީއަށް ލައިދިނުމާއި އެފަރާތްތަކުން ގެނެސްފައި ހުންނަ ތަކެތި އުފުލައިބާލައި ދިނުމުގެ އިތުރުން އެއާޕޯޓްގެ ތެރޭގައި އުޅޭ އުޅުމުގައި އެފަރާތްތަކަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.
މިހާތަނަށް ސިފައިން ވަނީ، ވޭތުވެ ދިޔަ ދެ ދުވަހުގެ ތެރޭގައި ރާއްޖެއައި 500 އަށް ވުރެ ގިނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެންމެ ފަހު ގުރޫޕް ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ މާދަމަ އެވެ.