24 Aug 2012, 19:09
ލ. ގަމުގައި ބަނގުރާ ކަންކަންތިބި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހު ންބުނީ މިދިޔަ ބުދަ ދުވަހު ގަމުގެ ސިނާއީ ސަރަޙައްދުގެ ފަޅު ގޯއްޗެއްގެ ތެރޭގައި ބަނގުރާ ކައްކަން ތިއްބާ ހައްޔަރުކުރީ އުމުރުން 21 އަހަރާއި 25 އަހަރުގެ ދެ ދިވެހިންނެވެ. އެމީހުނާއި ބެހޭ އިތުރު މައުލޫމާތެއް ފުލުހުނެއް ނުދެއެވެ.
ޕޮލިސް އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ދެ މީހުން ވެސް ތިބީ ބަނގުރާ ކައްކަންކަމަށާއި އެމީހުން ހައްޔަރު ކުރިއިރު ބަނގުރާ ކެއްކުމަށް ގެންގުޅުނު ގޭސް އުނދުނާކާއި ޓައްޕާކާއި ބާލިދީއެއްގެ އިތުރުން ތިން ގޭސް ފުޅިއާއި ބަނގުރާ ކެއްކުމަށް ހަދާފައިވާ މެޝިނަކާ ބަނގުރާ ކަމަށް ޝައްކުކުރެވޭ 1500 އެމްއެލްގެ ތިން ފުޅި އާއި 20 ލީޓަރު ހަމެއް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
މި މައްސަލަ މިހާރު ގެންދަވަނީ ތަޙުޤީޤު ކުރަމުންނެވެ.