ފަތުރުވެރިކަމުގެ ހުރިހާ ވިޔަފާރިތަކަށް ހުޅުވާލައި، "ސަން ޓްރެވަލްސް" ރީބްރޭންޑުކޮށްފި
ފަތުރުވެރިކަމުގެ ހުރިހާ ވިޔަފާރިތަކަށް ހުޅުވާލައި، "ސަން ޓްރެވަލްސް" ރީބްރޭންޑުކޮށްފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގެ ގޮތުން، ފަތުރުވެރިކަމުގެ ހުރިހާ ވިޔަފާރިތަކަށް ޚާއްސަކޮށް ހުޅުވާލައިގެން 'ސަން ޓްރެވަލްސް' ރީބްރޭންޑުކޮށް މިރޭ އިފްތިތާހުކޮށްފިއެވެ.

ފަތުރުވެރިކަމުގެ ހުރިހާ ވިޔަފާރިތަކަށް ހުޅުވާލައި، "ސަން ޓްރެވަލްސް" ރީބްރޭންޑުކޮށްފި
ފަތުރުވެރިކަމުގެ ހުރިހާ ވިޔަފާރިތަކަށް ހުޅުވާލައި، "ސަން ޓްރެވަލްސް" ރީބްރޭންޑުކޮށްފި

ސަން ޓްރެވަލްސްގެ އާ ރީބްރޭންޑިން އިފްތިތާހުކުރީ ސަން ސިޔާމް އޮޅުވެލީގައި މިރޭ އޮތް ޚާއްސަ ހަފުލާގައެވެ. މި ހަފްލާގައި ސަން ސިޔާމް ގުރޫޕުގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު އަޙްމަދު ސިޔާމް މުޙައްމަދާއި، ސަން ޓްރެވަލްސްގެ އިސްވެރިންގެ އިތުރުން ފަތުރުވެރިކަމާ ގުޅުންހުރި އެކި އިދާރާތަކުގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

'ސަން ޓްރެވަލްސް'ގެ މި އާ ރީބްރޭންޑިންއާއެކު ރާއްޖޭގައި ހުންނަ ގެސްޓުހައުސްތަކާއި، ހޮޮޓާތަކާއި، ސަފާރީ ވިޔަފާރިތައް ފަދަ ހުރިހާ ވިޔަފާރިތަކަކަށް ކުރިއެރުމަށް ޚާއްސަ ފުރުސަތެއް ލިބޭނެއެވެ.

ސަން ސިޔާމް ގްރޫޕުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޒުލޭޚާ މަނިކެ: ފަތުރުވެރިކަމުގެ ހުރިހާ ވިޔަފާރިތަކަށް ހުޅުވާލައި، "ސަން ޓްރެވަލްސް" ރީބްރޭންޑުކުރުމަށް ބޭއްވި ޚާއްސަ އިވެންޓުގެ ތެރެއިން -- ސަން ފޮޓޯ:

އެގޮތުން އެއް ޕްލެޓްފޯމަކުން އެ ހުރިހާ ވިޔަފާރިތަކުން ދޭ ޚިދުމަތްތައް ސަން ޓްރެވަލްސް އިން މިހާރު ފެންނަން ހުންނާނެއެވެ.

ހަފުލާގައި ވާހަކަދައްކަވަމުން ސިޔާމް ވަނީ އެމަނިކުފާނުގެ ކާމިޔާބީގެ ފަހަތުގައިވާ ސަބަބުތަކާއި، ކާމިޔާބު ވިޔަފާރިއެއް ހިންގުމަށް ޓަކައި އެމަނިކުފާނުގެ އަމަލުފުޅާއި ވިސްނުންފުޅު ބެހެއްޓެވި ގޮތް ހިއްސާކުރައްވާފައެވެ.

ސިޔާމް ވިދާޅުވީ، އެމަނިކުފާނުގެ ވިޔަފާރި ފެއްޓެވިއިރު، ވަރަށް ބައިވަރު ޓްރެވަލް އެޖެންސީ ހަދައިގެން ވަރަށް ބައިވަރު މީހުން އޭރު ވެސް އުޅުނު ކަމަށެވެ. ނަމަވެސް އެމަނިކުފާނަށް ވިސްނިވަޑައިގަތީ ޓްރެވަލް އެޖެންސީއެއް ހެއްދެވުމަށްފަހު މޮޑެލް ތަފާތުކުރަން ކަމަށް ސިޔާމް ވިދާޅުވިއެވެ. އޭގެ ނަތީޖާއަކީ ކުޑަ ކުޑަ ވިޔަފާރިއެެއްގެ ކެޕިޓަލް އެންމެ ދެ އަހަރު ތެރޭ 100 މިލިއަނަށް އަރައިގެން ދިޔުންކަން އެމަނިކުފާނު ވިދާޅުވިއެވެ.

މީހަކު ވިޔަފާރިއެއް ކުރާތީ އެންމެންވެސް ވިޔަފާރި ކުރަންވީ. އެގޮތަކަށް ކުރިއަކަށް ނުދާނެ. މޮޑެލް ތަފާތުކުރަންވީ. ކޮންމެ ކަމެއް ކުރާއިރު ވެސް އަޅުގަނޑު ވިސްނީ ކޮޕީކުރުމުގެ ބަދަލުގައި ތަފާތު މޮޑެލްއެއް ހަދަން. އޭގެން އެއް މޮޑެލް އަނެއްކާ ވެސް މި ތައާރަފުކުރީ،ސަން ސިޔާމް ގުރޫޕުގެ ޗެއާމަން އަޙްމަދު ސިޔާމް މުޙައްމަދު

ސިޔާމް ވިދާޅުވި ގޮތުގައި މިރޭ އިފްތިތާހުކުރި 'ސަން ޓްރެވަލްސް' ބްރޭންޑަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މިވަގުތު ހުރި ވަރަށް ބައިވަރު ގެސްޓު ހައުސްތަކާއި، ސަފާރީ ބޯޓުތަކާއި އެ ނޫން ވެސް ހުރި ހުރިހާ ތަނެއް އެއް ޕްލެޓްފޯމަކުން ފެންނާނެ ގޮތަށް، ތައާރަފުކުރި ޕްލެޓްފޯމެކެވެ. އަދި މިއީ މުސްތަގުބަލުގައި ވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އިސްކަން ދީގެން އުފެއްދި މޮޑެލެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ސަން ސިޔާމް ކުންފުނީގެ ބާނީ އަހްމަދު ސިޔާމް މުޙައްމަދު: ފަތުރުވެރިކަމުގެ ހުރިހާ ވިޔަފާރިތަކަށް ހުޅުވާލައި، "ސަން ޓްރެވަލްސް" ރީބްރޭންޑުކުރުމަށް ބޭއްވި ޚާއްސަ އިވެންޓުގެ ތެރެއިން -- ސަން ފޮޓޯ:

އެމަނިކުފާނުގެ ވިސްނުންފުޅަކީ އެއްވެސް ހާލެއްގައި އަމިއްލަ ވިޔަފާރި އެކަނި ކުރިއެރުވުން ނޫން ކަމަށާއި، ހަގީގީ ކާމިޔާބު ލިބޭނީ ކައިރީގައި އުޅޭ އެހެން މީހުންނަށް ވެސް އެ ވިޔަފާރިއަކުން ފައިދާވާނަމަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހުރިނަމަ ހުރި ހުރިހާ އެނދެއް މި ޕޯޓްފޯލިއޯއަށް ލާން ހުރިހާ އެންމެންނަށް އަޅުގަނޑުމެން ވެލްކަމް ކިޔަން. ރާއްޖޭގައި ހުރި ހުރިހާ ގެސްޓް ހައުސްތަކަކަށް! ހުރިހާ ހޮޓާ ތަކަކަށް! ހުރިހާ ބެޑަކަށް! ހުރިހާ އެންމެނަށް ތަފާތުކުރުމެއް ނެތި އަޅުގަނޑުމެން މަރުހަބާ ކިޔަން!ސަން ސިޔާމް ގުރޫޕުގެ ޗެއާމަން އަޙްމަދު ސިޔާމް މުޙައްމަދު

ސަން ޓްރެވަލްސްއަކީ 1990 ވަނަ އަހަރު، ޓްރެވަލް އެޖެންސީ އަދި ޓުއާ އޮޕަރޭޓަރެއްގެ ގޮތުގައި އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނީގެ މައިގަނޑު ވިޔަފާރިއަކީ އިންބައުންޑް ޓޫރިޒަމެވެ.

ކުޑަކުޑަ ވިޔަފާރިއަކުން ފަށައި، މިހާރު ރާއްޖޭގެ އެންމެ ކުރިއަރާފައިވާ އެއް ޓޫރިޒަމް ކުންފުންޏަށް ސަން ޓްރެވަލްސް ވަނީ ވެފައެވެ. ހަމައެއާއެކު ސަން ޓްރެވަލްސްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޓުއާ އޮޕަރޭޓަރުންނާއެކު ވަރުގަދަ ގުޅުމެއް ބާއްވަމުންދާ ކުންފުންޏެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސަން ސިޔާމް ގްރޫޕަށް 35 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަހަރުގެ ސެޕްޓެމްބަރު އެއްވަނަ ދުވަހު ވަނީ ސަން ސިޔާމް ރިސޯޓުތައް ވެސް ރީބްރޭންޑް ކޮށްފައެވެ.

ސަން ސިޔާމް ގުރޫޕުގެ ދަށުން, ރާއްޖޭގައި އަންނަނީ ވަރަށް ފެންވަރު ރަނގަޅު ފަސް ރިސޯޓެއް ހިންގަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ސިޔާމް ވޯލްޑާއި, އިރުފުއްޓާއި ވިލުރީފުގެ އިތުރުން އިރުވެއްޔާއި އޮޅުވެއްޔެވެ. މީގެ އިތުރުން ސްރީ ލަންކާގައި ވެސް ރިސޯޓެއް ހިންގައެވެ.