27 Nov 2025, 18:55

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމުތަކެއް ހިންގަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ.
އެ ކޮމިޝަނުން ބުނީ، މި ޕްރޮގްރާމުތައް މާދަމާއިން ފެށިގެން އަންނަ މަހު ދެވަނަ ދުވަހުގެ ނިޔަލަށް 12 އަތޮޅެއްގެ 36 ރަށުގައި ކުރިއަށްދާނެ ކަމަށެވެ. އެއީ، ހއ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅާއި ޅ.އަތޮޅާއި އދ. އަތޮޅާއި ފ. އަތޮޅާއި ތ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅުގެ އިތުރަށް، އައްޑޫއާއި ފުވައްމުލައް ސިޓީގައެވެ.
އެ ޕްރޮގްރާމުގެ މަގުސަދަކީ، އިންތިޚާބީ ނިޒާމަށް އާންމުން ހޭލުންތެރިކުރުވުމާއި ކައުންސިލާއި ޑަބްލިއުޑީސީ އިންތިޚާބަށް ހޭލުންތެރި ކުރުމާއި ޑިމޮކްރެޓިކް ވެށި ހަރުދަނާ ކުރުމަށް ރައްޔިތުންނަށް މައުލޫތު ދިނުން ކަމަށް އީސީން ބުނެއެވެ.
އޭގެއިތުރަށް، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހިނގާ ގޮތާއި މަލްޓިޕާޓީ ސިސްޓަމާއި ރައްޔިތުންނަށް ލިބިދޭ ހައްގުތަކާއި ނިޒާމުގައި ހިމެނޭ މީހުން ނަގަން ޖެހޭ ޒިންމާތަކުގެ މައުލޫމާތު ވެސް އެ ޕްރޮގްރާމުގައި އީސީން ދިނުމަށް ވަނީ ނިންމާފައެވެ.

އިންތިޚާބެއްގެ ވޯޓުލުމުގެ ތެރެއިން، މީހެއްގެ އިނގިލީގައި ނިޝާން ޖަހަނީ: ލޯކަލް ކައުންސިލާއި ޑަބްލިއުޑީސީ އިންތިޚާބަށް ހޭލުންތެރިކުރުމަށް ބައެއް އަތޮޅުތަކުގައި ޕްރޮގްރާމެއް ހިންގަނީ -- ފޮޓޯ/ އީސީ
އީސީން ބުނީ، މި ޕްރޮގްރާމުގައި ވޯޓުލުމުގެ ހައްޤުލިބިފައިވާ އެކި އުމުރު ފުރައިގެ މީހުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ސެޝަންތަކުގެ އިތުރުން ޒުވާނުންނަށް އަމާޒުކޮށްގެން ޕޮރޮގްރާމުތައް ކުރިއަށްދާނެ ކަމަށެވެ. މި ޕްރޮގުރާމުގެ ފެސިލިޓޭޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ 24 މީހުން ވަނީ، އީސީގެ ޓްރެއިނިން އޮފް ޓްރޭނާސް ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.
އެއާއެކު، މި ޕްރޮގްރާމު އީސީން ހިންގަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި ފުވައްމުލައް ސިޓީގައި ހުންނަ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް ލާނިން ސެންޓަރު ބައިވެރިވެގެންނެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، މިވަގުތަށް ކައުންސިލާއި ޑަބްލިއުޑީސީ އިންތިޚާބު ބާއްވަން ރާވާފައި އޮތް ތާރީޚެއް ކަމަށް މިހާރު އޮތީ އަންނަ އަހަރުގެ މާޗް 28 ކަމަށެވެ.
ކައުންސިލު އިންތިހާބު މިހާރަށް އޮތް ތާރީހަކީ މާޗް 28: އީސީއިތުރަށް ވިދާޅުވުމަށް
އެ އިންތިޚާބަށް ކުރިމަތިލުމަށް އަންނަ ޖަނަވަރީ 17ގައި ހުޅުވާލާނެ ކަމަށް އޭރު ޒާހިދު ވިދާޅުވިއެވެ.