27 Nov 2025, 08:53
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ނެދަލެންޑްސްގެ ޕީއެސްވީ އަތުން ބަލިވެ ލިވަޕޫލްގެ ބަލިވުމުގެ ސިލްސިލާއަށް ބޮޅެއް އިތުރުކޮށްފިއެވެ.
ލިވަޕޫލްގެ އެންފީލްޑް ގައި ކުޅުނު މި މެޗުން އެޓީމު ބަލިވެފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ.
މެޗަކަށްފަހު މެޗެއް ލިވަޕޫލުގެ ނަތީޖާތައް ދަށްވާއިރު، މިއީ 1953 ވަނަ އަހަރަށްފަހު މިހާ ދަށް ނަތީޖާތަކެއް އެ ޓީމަން ނެރެވިފައިވާ ފުރަތަމަ ފަހަރެވެ.
އެގޮތުން އެންމެފަަހުން ލިވަޕޫލް ކުޅުނު 12 މެޗުގެ ތެރެއިން އެޓީމު ވަނީ ނުވަ މެޗުުން ބަލިވެފައެވެ. އެއާއެކު މީގެކުރިން ރަނގަޅު ފޯމެއް ދަމަހައްޓަމުން އައި ލިވަޕޫލްގެ ދަށް ނަތީޖާތަކާއެކު ގިނަބައެއްގެ ފާޑުކިޔުން އެ ޓީމަށް ވަނީ އަމާޒުވެފައެވެ.
މެޗުގެ ހަވަނަ މިނިޓުގައި ޕީއެސްވީން ވަނީ ލީޑު ނަގާފައެވެ. މިއީ ލިބުނު ޕެނަލްޓީއަކުން އިވާން ޕެރިސިޗް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ނަމަވެސް މި ލަނޑުޖެހިތާ އަށް މިނިޓު ފަހުން ލިވަޕޫލްގެ ޑޮމިނިކް ސޮބޮޒްލާއީ ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ. އެ ޓީމުގެ ދެވަނަ ލަނޑު ފެނުނީ ދެވަނަ ހާފުގެ ކުރީކޮޅުގައެވެ. މިއީ ގޫސް ޓިލް ކާމިޔާބުކޮށްދިން ލަނޑެކެވެ.
މެޗުގެ ފަހު ވިހި މިނިޓުގެ ތެރޭގައި ސުހޭބް ދިލުއޭޝް ޖެހި ދެ ލަނޑާއެކު މެޗުގެ ނަތީޖާ 4-1 އަށް ވަނީ ބަދަލުކޮށްލާފައެވެ.
މި މޮޅާއެކު ޕީއެސްވީ އޮތީ ކުޅުނު ފަސް މެޗުން ލިބުނު 8 ޕޮއިންޓާއެކު ތާވަލުގެ 15 ވަނައިގައެވެ. މެޗުން ބަލިވި ލިވަޕޫލް އޮތީ ޖުމްލަ 9 ޕޮއިންޓާއެކު ތާވަލުގެ 13 ވަނައިގައެވެ.