24 Aug 2012, 13:54
ވިއެނާ (އޮގަސްޓް 24): ބިމުގެ އަޑީގައި އީރާނުން ގާއިމްކޮށްފައިވާ ޔޫރޭނިޔަމް ފައްކާކުރާ މަރުކަޒެއްގައި ނިއުކްލިޔާ ސެންޓްރިފިއުޖްގެ އިތުުރު މެޝިންތަކެއް އީރާނުން ހަރުކޮށްފި ކަމަށް ހުޅަނގުގެ ޑިޕްލޮމެޓިކް ދާއިރާތަކުން ބުނެފި އެވެ.
ހުޅަނގުގެ ޑިޕްލޮމެޓިކް ދާއިރާތަކާ ޙަވާލާދީ ރޮއިޓާސް ބުނި ގޮތުގައި އީރާނުން ނިއުކްލިޔާ ސެންޓްރިފިއުޖްގެ އިތުުރު މެޝިންތައް ހަރުކޮށްފައިވާ ކަމަށް ބެލެވެނީ ފަރުބަދަތަކުގެ އަޑީގައި އީރާނުން ގާއިމްކޮށްފައިވާ ފޯރުޑޯ ނިއުކްލިޔާ ލެބޯޓްރީގަ އެވެ. މިއީ އީރާނުގެ ރަށެއްކަމަށްވާ ޤުމްގެ ކައިރީގައިވާ ސިލްސިލާ ފަރުބަދަތަކެއްގެ އަޑިގައި އީރާނުން ބިނާކޮށްފައިވާ ޔޫރޭނިޔަމް ފައްކާކުރާ މަރުކަޒެކެވެ. ފަރުބަދަތަކުގެ އަޑީގައި މިތަން ބިނާކޮށްފައި ވަނީ އެމެރިކާއާއި އިސްރާއީލުން ދީފާނެކަމަށް ބެލެވޭ ވައިގެ ޙަމަލާތަކުން އެތަންސަލާމަތްކުރުމަށްޓަކަ އެވެ.
އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ބޭނުންވާ ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތްކުރާ ލެބޯޓްރީތަކުގެ ތެރޭން އެންމެ ބޮޑު ލެބޯޓްރީއަކީ ފަރުބަދަތަކުގެ އަޑީގައި ގާއިމްކޮށްފައިވާ ލެބޯޓްރީކަމަށް ހުޅަނގުުން ތުހުމަތުކުރެ އެވެ. އަދި މިލެބޯޓްރީގައި ނިއުކްލިޔާ ހަތިޔާރު އުފައްދަން ބޭނުންވާ މިންވަރަށް ސިއްރިޔާތުުގައި އީރާނުން ޔޫރޭނިޔަމް ފައްކާކުރާ ކަމަށް ވެސް ހުޅަނގުން ތުހުމަތުކުރެ އެވެ.
ފޯރުޑޯ ލެބޯޓްރީގައި އީރާނުން ނިއުކްލިޔަރ ސެންޓްރިފިއުޖްގެ އިތުުރު މެޝިންތަކެއް ހަރުކުރިކަމަށް ހުޅަނގުގެ ޑިޕްލޮމެޓިކް ދާއިރާތަކުން ތުހުމަތުކޮށްފައި މިވަނީ ނިއުކްލިޔަރ މައްސަލާގައި އިރާނާ ވާހަކަ ދެއްކުމުގެ އިތުރުބުރެއް ފެށުމަށް އިންޓަނޭޝަނަލް އެޓަމިކް އެނަޖީ އެޖެންސީ ން ތައްޔާރުވަމުންދާކަން އެއެޖެންސީން އިޢްލާންކުރުމާއެކުގަ އެވެ.
ޢިރާޤުގެ ނިއުކްލިޔަރ މައްސަލާގައި ވެސް ހުޅަނގުން ފާޅުކަންބޮޑުގޮތެއްގައި ދޮގުހަދާފައި ވާތީ ފޯރުޑޯ ލެބޯޓްރީގައި އީރާނުން ނިއުކްލިޔަރ ސެންޓްރިފިއުޖްގެ އިތުުރު މެޝިންތަކެއް ހަރުކުރިކަމަށްބުނެ ހުޅަނގުން ފެތުރި މިވާހަކަތަކުގެ ތެދުކަމާމެދު ވެސް ވަނީ ސުވާލުއުފެދިއެވެ. (ބީ.ބީ.ސީ)