ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި ޑީޖީޖީގެ ޕާޓްނާ، މެގަޗިޕްއާ ގުޅިގެން އޭލިއަންވެއާ ގޭމިން ބަންޑްލްއެއް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

ގޭމް ކުޅުންތެރިންނަށް ހާއްސަ މި އަގުހުރި އޭލިއަންވެއާ ބަންޑްލްގެ ތެރޭގައި އޭލިއަންވެއާ 34 އިންޗީގެ ގޭމިން މޮނިޓާއެއް، އޭޑަބްލިއު ވަޔާޑް ގޭމިން ހެޑްސެޓެއް، އަދި އޭޑަބްލިއު 420ކޭ ޓެންކީލެސް ގޭމިންގެ ކީބޯޑެއްގެ އިތުރުން އޭޑަބްލިއު ވަޔަލެސް ގޭމިން މައުސްއެއް ހިމަނާފައިވާ ކަމަށް ދިރާގުން ބުންޏެވެ. ދިރާގުން ބުނީ މި އިނާމުތައް ހޮވާނީ ގުރުއަތު ލައިގެން ކަމަށެވެ.

މި ގިވްއަވޭގައި ބައިވެރިވުމަށް ހަދަންޖެހޭގޮތަކީ:

1. dgg.mv އަށް ސައިން-އަޕް ކުރުން

2. @dhiraagu.gg އަދި @megachipelectronics ފޮލޯކުރުން

3. ގިވްއަވޭގެސޯޝަލް މީޑިއާ ޕޯސްޓްޝެއާކުރުން

ދިރާގުން ވަނީ މި ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު، އަންނަ މަހުގެ 31 ގެ ނިޔަލަށް ހުޅުވައިލައިފައެވެ.

ޑީޖީޖީއިން ދަނީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ހާއްސަ އިނާމުތަކާއި އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި، ޑީޖީޖީއިން ދަނީ ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާއެކު ބާއްވައި ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރުތައް އިތުރުކުރުމަށް އެހީތެރިވެދީ، ހުނަރުތައް ދައްކާލުމަށް އިތުރު ޕްލެޓްފޯމްތައް ހޯދައިދެމުންނެވެ.