24 Nov 2025, 12:01
ކުޑަކުދިން ބޭނުންކުރާ ކިރު ދަޅެއްގެ ތެރޭގައި ޖަރާސީމު ހިމެނޭތީ، ރާއްޖޭގައި އެ ބްރޭންޑްގެ ކިރުދަޅު ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު މަނާކޮށްފިއެވެ.
އެމްއެފްޑީއޭ އިން ބުނީ ތަޣައްޔަރުވެފައިވަނީ އެމެރިކާގައި އުފައްދާފައިވާ އިންފެންޓް ފޯމިއުލާއެއް ކަމަށްވާ ބައިހާޓް ހޯލް ނިއުޓްރިޝަން އިންފެންޓް ފޯމިއުލާއެވެ. އެ ތަޣައްޔަރުވެފައިވަނީ "ކުލޮސްޓްރިޑިއަމް ބޮޓުލިނަމް" ނަަމަކަށް ކިޔާ ޖަރާސިމަކުން ކަމަށް އެ އިދާރާއިން ބުންޏެވެ.
ތުއްތު ކުދިން ބޭނުންކުރާ ކިރު ދަޅެއް ތަޣައްޔަރުވެފައިވާ ކަމަށެވެ.
މި އުފެއްދުން ބާޒާރުން ނެގުމަށާއި ނުވިއްކުމަށް އަދި ނައްތާލުމަށް ޔޫއެސްއެފްޑީއޭ އިން އަންގައިފައިވާކަމަަށް އެ އިދާރާއިން ބުންޏެވެ.
މި އުފެއްދުމުގައި ހިމެނޭ ޖަރާސީމަކީ 'ބޮޓުލިޒަމް' ކިޔާ ބައްޔެއް ފަތުރާ ޖަރާސީމެއް ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ. އެއީ ހަށިގަނޑުގެ ނާރުތަކަށް ހަމަލާދީ ނޭވާލާން އުނދަގޫވެ، މަސްތައް ޕެރެލައިޒްވާ ވިހަ މާއްދާއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ.
ޕްރޮޑަކްޓް ނަން: · ByHeart Whole Nutrition Infant Formula, 24 oz can, UPC: 5004496800
· ByHeart Whole Nutrition Infant Formula, 0.60 oz Anywhere Pack™, 14 packets per package, UPC: 5004496802
މަރުކާ/ބްރޭންޑް: ByHeart
އުފެއްދި ފަރާތް: ByHeart Inc.
އެހެންވެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އުފެއްދުން ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމަކީ މަނާކަމެއް އެ އޮތޯރިޓީން ބުންޏެވެ.