މިދިޔަ ހުކުރު ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯގައި ޕްރީމިއާކުރި އެ ޕްލެޓްފޯމްގެ އެންމެ މަގުބޫލު އެއް ސީރީސް "ދަ ފެމިލީ މޭން"ގެ ހަތަރު ވަނަ ސީޒަނެއް ވެސް އުފައްދާނެކަމުގެ އިޝާރާތެއް އެކްޓަރު މަނޯޖު ދީފިއެވެ.

"ދަ ފެމިލީ މޭން"ގެ ލީޑް އެކްޓަރު ކަމަށްވާ މަނޯޖް ބަޖްޕައީ އެކްސްގައި ކުރިއަށްގެންދިޔަ ލައިވް ސެޝަންއެއްގައި ބުނީ ތިންވަނަ ސީޒަންއިން ޖަވާބު ނުލިބުނު ގިނަ ސުވާލުތަކަށް ފުރިހަމަ ޖަވާބެއް ދޭނީ ހަތަރުވަނަ ސީޒަންގައި ކަމަށެވެ. އެހެންވެ, ހަތަރުވަނަ ސީޒަނަކަށް އިންތިޒާރު ކުރުމަށް މަނޯޖް ވަނީ ބެލުންތެރިންގެ ފަރާތުން އެދިފައެވެ.

މި ސީރީސްގެ ފަހު ސީޒަން ޕްރީމިއާކުރިއިރު ގެނެސްދީފައިވަނީ އެންމެ ހަތް އެޕިސޯޑެވެ. އެހެންވެ, ވަރަށް ގިނަ ބަޔަކު ވަނީ ފަހުން އަށްވަނަ އެޕިސޯޑު ޕްރީމިއާ ކުރާނެތޯ ވެސް އަހާފައެވެ. އޭގެ ޖަވާބުގައި ވެސް މަނޯޖު ބުނެފައިވަނީ ދެން ހުރިހާ ކަމެއް ވެސް ފެންނާނީ ހަތަރުވަނަ ސީޒައިން ކަމުގައެވެ.

'ފެމިލީ މޭން"ގެ ޑައިރެކްޓަރު ޑީކޭ މަނޯޖްއާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ތިންވަނަ ސީޒަން ނިންމާލި ގޮތުން ވަރަށް ގިނަ ކަންކަން އޮޅުން ނުފިލާ ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ. އެހެންވެ، އެކަމާ މާޔޫސްވި މީހުން ވެސް ގިނަ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

މި ސީރީސްގެ ތިންވަނަ ސީޒަން ޕްރީމިއާކުރިތާ މާ ގިނައިރުތަކެއް ނުވެ ގިނަ ބަޔަކު ވަނީ ހުރިހާ އެޕިސޯޑުތަކެއް ބެލުމަށް ފަހު ތިންވަނަ ސީޒަންއާ މެދު ދެކޭގޮތް ސޯޝަލް މީޑިއާގައި ފާޅުކޮށްފައެވެ.

ބައެއް ބެލުންތެރިން ދުށް ގޮތުގައި "ފެމިލީ މޭން"ގެ ތިންވަނަ ސީޒަނަކީ މި ސީރީސްގެ މޭސްތިރިން ކަމަށްވާ ރާޖާއި ޑީކޭ ލެވެލްގެ މަސައްކަތެއް ނޫނެވެ. އެއަށްވުރެ ރަނގަޅަށް ތިން ވަނަ ސީޒަންގެ ވާހަކަ ރާޖާއި ޑީކޭއަށް ގެނެސްދެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

"ފެމިލީ މޭން"ގެ ހަތަރުވަނަ ސީޒަނެއް ގެނެސްދޭނެކަމުގެ އިޝާރާތެއް މަނޯޖް ދީފައިވާއިރު ބެލެވޭ ގޮތުގައި އެ ސީޒަން ބެލުންތެރިންނަށް ގެނެސްދެވޭވަރު ވާނީ 2027 ނުވަތަ 2028ގައި ކަމަށް ފިލްމީ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.