31 Aug 2010, 07:28
12:30
މަޝްހޫރު ކޮފީ ހައުސް، ހެންވޭރު ސީ ހައުސްގައި އިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ ރޭ ދަންވަރު ތޫނު އެއްޗަކުން ހަމަލާދީފައި ވަނީ ހ. ސީހައުސް ރެސްޓޯރެންޓް ތެރޭގައި އިން މީހަކަށް ކަމަށެވެ. ހަށިގަނޑަކުގެ ތިން ތަނަކަށް ހަމަލާދީ ފުންކޮށް ޒަހަމްކޮށްލާފައިވާ އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ.
ފުލުހުންގެ ސަބް އިނިސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މިހަމަލަ ދިނީ ރޭ 1:30 ގައި ސީ ހައުސްތެރެ އަށް ބޮޑު ގްރޫޕެއް ވަދެގަތުމަށް ފަހު ކަމަށާއި ތޫނި ހަތިޔާރެއް ބޭނުންކޮށް، އެމީހާގެ ހަށިގަނޑުގެ ތިން ތަނެއް އެ މީހުން ޒަހަމްކޮށްލުމުއާ އެކު އެ މީހާ އަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލް ގެންގޮފައިވާ ކަމަށެވެ.
ފުލުހުން ބުނީ ޖަމާއަތް ހަދައިގެން ގޮސް ސީހައުސްގައި އިން މީހަކަށް ތޫނު ހަތިޔާރުން ހަމަލާދިން މީހުން ރޭ ފިލައިގެން ގޮސްފައިވާ ކަމަށާއި އެ މީހުން ހޯދައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މި ހަމަލާގައި ޒަހަމްވި މީހާ އާ ބެހޭ އިތުރު މައުލޫމާތެއް އޭޑީކޭ އިން ވެސް ސާފުވާ ގޮތެއް ނުވި އެވެ.