23 Aug 2012, 15:49
އިބްރާހިމް ނާސިރު އިންޓާނޭޝަނަލް އެއާޕޯޓްގައި ހުރި އޮފީހަކުން ލެޕްޓޮޕެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ފުލުހުން ހުޅުލެއިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އެއާޕޯޓްގައި ހުންނަ ސަންކެން އޯވަސީޒް މޯލްޑިވްސް އިން މިދިޔަ އަންގާރަ ދުވަހު ވައްކަން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 28 އަހަރުގެ މީހެއް ކަމަށެވެ.
ނަމަވެސް އެ މީހާއާ ބެހޭ އިތުރު ތަފްސީލެއް އަދި އެ އޮފީސް ތެރެއަށް އެމީހާ ވަތް ގޮތެއް ވިދާޅުނުވެ، އޮފިޝަލް ވިދާޅުވީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ފިރިހެން މީހާއަކީ އެކިއެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ގިނަ އަދަދަކަށް ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.