22 Nov 2025, 14:09
ޑޭވިސް ކަޕްގެ އޭޝިއާ/އޯޝެނިއާގެ ގްރޫޕް ޑީގައި ހިމެނޭ ތިން ގަައުމު ކަމަށްވާ ޔޫއޭއީ، މަކާއު އަދި ތަޖިކިސްތާން ބަލިކޮށް ގްރޫޕުގެ އެއްވަނަ ރާއްޖެއިން ހޯދައިފިއެވެ.
ގްރޫޕުގެ އެއްވަނަ ހޯދުމާއެކު ރާއްޖެއަށް ވަނީ މުބާރާތުގެ ޕްލޭއޮފް ބުރުން ފުރުސަތު ލިބިފައެވެ.
މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ކުޅުންތެރިންނަކީ ޢަބްދުالله ފާއިހް ފަޒީލް، ދާއޫދު ޝަހީބު، މުޙައްމަދު ކައިސާން އިއްޒަތު ރަޝީދު، އަޙުމަދު ސާއި ވަހީދު އަދި އާދަމް އާލް ނިޔާޒެެވެ.
ގްރޫޕް ހަތަރަކަށް ކޮލިފައިވުމުގެ އަމާޒުގައި މުބާރާތް ފެށި ރާއްޖެއިން ވަނީ މި މުބާރާތުގެ ގްރޫޕް ފިޔަވަހީގައި ކުޅުނު ތިން މެޗުގައިވެސް މޮޅު ކުޅުމެއް ކުޅެފައެވެ.
ފުރަތަމަ މެޗުގައި ރާއްޖެއިްނ މަކާއު ބަލިކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
ޕްލޭއޮފް މެޗުގައި ރާއްޖޭން މިއަދު ކުޅޭނީ ނޮދަން މެރިއާނާ އައިލެންޑާ ދެކޮޅަށެވެ. މެޗުން މޮޅުވެއްޖެނަމަ ރާއްޖެއަށް އޭޝިއާ/އޯޝެނިއާގެ ހަތަރުވަނަ ގްރޫޕުން ފުރުސަތު ލިބިގެންދާނެ އެވެ.
ރާއްޖޭގެ އަންހެން ޓެނިސް ޓީމުން ދާދި ފަހުން ވަނީ، ބިލީ ޖީން ކިންގް ކަޕް، އޭޝިއާ/އޯޝެނިއާގެ ގްރޫޕް ތިނެއްގެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ. މުޅި މުބާރާތުގައި ވެސް އަންހެން ޓީމުން ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ.