24 Nov 2025, 13:17
"ޒިކުރުކުރާ މީހުންގެ ހިތްތަތަކަށް އުފާވެރިކަން ލިބޭނެއެވެ. މަސައްކަތެއްގައި ހުއްޓަސް ޒިކުރުކުރުމުގައި ދެމިހުންނާށެވެ."
***
އެއްވެސް މީހަކު އެހާ މުސްކުޅި މީހަކުދެކެ ލޯތްބެއްނުވާނެ. އަމިއްލަ އެދުމެއްނެތި...ތިމާގެ މީހަކަށް ވީމަ ނޫނީ ވަސިއްޔަތް ނާމާގައި އޮތީމަ ކަމަށްވާނީ...އަނެއްކާ އެކަހަލަ ކަމެއް އޮތީތަ؟"
"ކޮންމެ ކަމަކީ ޝައްކުކުރަންވާވަރުގެ ކަމެއްނޫން..."
"އެކަމަކު މިއީ ހަމަ ޝައްކުކުރާވަރުގެ ކަމެއްނު..ކުއްލިއަކަށް އާރިކްގެ މާމަ ކައިރިއަށް ނިގާބީއަކު ދާން ޖެހުމަކީ ހަމަ ތަހުގީގުކުރަން ޖެހޭކަމެއް...."
"ޖެނީފާދައްތައަށް އެނގޭތަ؟ ގުރުއާނުގެ ކޮންމެ ސޫރަތެއް ވަރަށް ރީތި..ކޮންމެ ކަމެއްގެ ވާހަކަ މި ކަލާމްފުޅުގައިވޭ...ތިވާހަކަވެސް އޮވޭ..."
"އޭނ؟ތިބުނީ؟"
"ޝައްކުނުކުރަންވެސް އޮވޭ.. ހުރިހާ ހެޔޮ އަމަލުތަކެއް ކުރަން އަންގަވާފައި ނުބައި އަވަލުތަކުން ދުރުވާން އަންގަވަނީ...."
"ކަލޭ ތިހިރީ ހަމަ ސީރިޔާގައި އެއްފައި އަޅައިގެން ދޯ...ކޮންމެ ވާހަކައެއް ފަށާއިރަށް ދަރުސްދެނީ..މަށަށް ތި ވައްތަރު ކަމަކުނުދޭ...ބުނެބަލަ....ހައްދުފަނަޅާ ދާ މީހުންގެ ވާހަކަ ނެތްތަ؟ކަލޭވެސް ދެން މަގޭގާތަށް އުދަގޫކުރަން ނުބެހޭ ތަންތަނަށް ބޯ ކޮށްޕަމުން އުޅެންޏާ ނަތީޖާ ރަގަޅެއްނުވާނެ......"ޖެނީފާ އަހެދް ރުޅި އަރުވަން މަސައްކަތްކުރިޔަސް އެ އަންހެންކުއްޖާގެ ފަރާތުން އެފަދަ ސިފައެއްނުފެނުނެވެ. އޯގާތެރިކަމާއެކު ވިސްނައިދޭން އުޅުނީއެވެ. ކެތްތެރިކަމުގެ އިންތިހާއެވެ. ހަގީގަތުގައި އަހެދްއާއި ވާހަކަދެއްކުމުން ޖެނީފާގެ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބެއެވެ.
***
ބާބިލް މަޣުރިބުނަމާދަށްފަހުވެސް މިސްކިތުގެ އަންހެނުންގެ ބައިގާ މަޑުކޮށްލިއެވެ. އޭނަ މުޅިން އެކަނިވިއެވެ. އެންމެ ކަނުގައި އޮތް މުސައްލަމަތީގައި ހުރެގެން އޭނަ ދުޢާކުރަން ވެގެން އަތް އުފުލައިލިއެވެ. ވާރޭވެހޭއިރު ކުރާ ދުޢާ އިޖާބަކުރައްވާކަން އޭނަ ދަނެއެވެ.
"ޔާﷲ... މިއަލާގެ ބޭބެއަށް ހިމާޔަތާއި ރައްކާތެރިކަން ދެއްވާދޭވެ...ހިތަށް ހަމަޖެހުން ދެއްވާދޭވެ..އެހަމަޖެހުން ލިބެނީ ކޮންތަނަކުންކަން ނޭގުނަސް އަބަދު އުފާވެރިކަން ދެއްވާދޭވެ. ބޭބެއާއި ނުލާ ވަކިން އުޅެވުނުކަމަށްޓަކާ ބޭބެ މިއަޅާއަށް މާފުކުރައްވާނެފަދަ ގޮތެއްވުމަށް އިރާދަކުރައްވާދޭވެ. މިއަޅާގެ ބޭބެއަށް އުފާވެރިކަމާއި، ލޯތްބާއި ފުރިހަމަ ސިއްހަތެއް ދެއްވާދޭވެ. އެއީ މިއަޅާގެ ފަރާތުން ނޫނަސް އެންމެންގެ ފަރާތުން ލިބޭ އެއްޗެއްކަމުގައި ލައްވާދޭެވެ.."
ބާބިލް އޭނަގެ ހެދުމުގެ އަތުކުރިން ކަރުނަތިކިތައް ފޮގެލީ އެހެން މީހަކު ވަންހެނެް ހީވެފައެވެ. އެއާއެކު އޭނަ މިސްކިތުން ނުކުމެގެން ރޭގަނޑުގެ އަނދިރިކަމާއި ދިމާލަށް ހިނގައިގަތެވެ.
***
އާރިކް އެނދުގައި އޮށޯވެލައިގެން އޮވެ ފޮޓޯ ގެލެރީ ހާވަމުންގޮސް މަންމައާއި އޭނަގެ ފޮޓޯއެއް ފެނުނެވެ. އެ ސްކްރީންޝޮޓަށް ބަލަހައްޓައިގެން އޮވެވުނެވެ. އެފޮޓޯގައި އޭނައާއި ކައިރީގައި ހުރި ކުޑަ އަންހެންކުއްޖާގެ ބައި ކަނޑާލާފައި ހުއްޓަސް އެއްފަރާތުން ކޮންމެވެސް ވަރަކަށް އިސްތަށިގަނޑާއި ލޯމަތި ފެންނަން ހުއްޓެވެ. އޭރު އޭނަގެ އުމުރުންވާނީ ފަސްވަރަކަށް އަހަރެވެ. އެކުޑަކުއްޖާއަށް ކިރިޔާ ހިނގޭނީކަން ނޭގެއެވެ. މަންމަ ހުރީ ހިނިތުންވެލައިގެންނެވެ. އޭނަ އަބަދުވެސް ހީކުރަނީ ދެބެންގެ ދެދަރިކުއްޖެއްކަމަށެވެ. އެކަމަކު ކުއްލިއަކަށް އެލޮލުން ދަންނަ މޫނެއް ފެނުނެވެ.
***
ޖެނީފާ ކޮޓަރީގެ އެނދުގައި އިށިދެލައިގެން އިނެވެ. ދޮރުފަތުގެ ފަރުދާތައްވަނީ ދަމާލާފައެވެ. މިއަދު އަތުގައި ވޭޕް ގަލަމެއްނެތެވެ. ކުއްލިއަކަށް އައިނައި ދިމާލެއް ނޭގި ސިކުނޑިއަށް ވެރިވީ ބާބިލްއެވެ.
"ހޫމް އެކުއްޖާއަށްވެސް ލިބިފައިވަނީ މަގޭ ލޯ..."
"އަހަރެން ދާން ބުނީމަވެސް އެކުއްޖާ ބަލަހައްޓައިގެން ހުރީ ދާން ބޭނުންނުވެފައި...އަހަރެން ދަރިއެއްގެ ގޮތުގައި ބަލައިގަންނަންދެން.."
އޭނަ އެސްފިޔަތައް ތަޅުވައިގަތެވެ. އޭނަ ހައިރާންވީ ބާރަށް ބުނެވުނީތީއެވެ. އެހެން މީހަކަށް އަޑުއިވިއްޖެއްޔާ ވާނީ ކިހިނެއްހެއްޔެވެ؟
"އަގް....މޮޔަ ޚިޔާލެއް..."
އޭނަ އަނެއްކާ ވޭޕް ގަލަން ނަގައިގެން ދަމައިލީ ޚިޔާލުތަކުން ސަލާމަތްވުމަށެވެ.
އަހަރެން ދާން ބުނީމަވެސް އެކުއްޖާ ބަލަހައްޓައިގެން ހުރީ ދާން ބޭނުންނުވެފައި...އަހަރެން ދަރިއެއްގެ ގޮތުގައި ބަލައިގަންނަންދެން.."
އޭނަ އެސްފިޔަތައް ތަޅުވައިގަތެވެ. އޭނަ ހައިރާންވީ ބާރަށް ބުނެވުނީތީއެވެ. އެހެން މީހަކަށް އަޑުއިވިއްޖެއްޔާ ވާނީ ކިހިނެއްހެއްޔެވެ؟
"އަގް....މޮޔަ ޚިޔާލެއް..."
އޭނަ އަނެއްކާ ވޭޕް ގަލަން ނަގައިގެން ދަމައިލީ ޚިޔާލުތަކުން ސަލާމަތްވުމަށެވެ.
އަލާނާގެ މިޝަންއަކަށްވެފައި އޮތީ އާރިކްގެ މާޒީ ދެނެގަތުމަށެވެ. އެ ސިއްރުވެރިކަމުން ފުރިފައިވާ ޒުވާނާއަށް ފާރަލައިގެން ނޯޓްފޮތެއްވެސް ހިފައިގެން ޖާސޫސެއްފަދައިން ފަހަތުން އުޅެވުނެވެ. ލޯވެސް އެން ދުވަހަށްވުރެ ތޫނުވެފައި ޝައްކުން ފުރިފައެވެ.
އާރިކްއަށް އަލާނާގެ މަގުސަދުގެ ހިލަމެއްނުވެ ކޮފީއެއް ބޯލަން ޖައްސައިލިތަނާ އަލާނާ އެތަނަށްވަނެވެ.
"ހެލޯ ޑޮކްޓަރ އާރިކް..."އޭނަގެ އަޑު މަޑުކޮށްލީ ވަކި ޒާތެއްގެ މައުލޫމާތު އެހެން މީހަކަށް ނީއްވަންވެގެންނެވެ."ބާބިލްއަކީ ކާކި؟ ސަބަބަކީ ހުވާކޮށްފައިވެސް ބުަނަން ކެރިދާނެ ކޮންމެެވެސް އާއިލީ ޑްރާމާއެއް އެބައޮތޭ އާރިކް ނުބުނެ ފޮރުވައިގެން ހުއްޓަސް..."
"ޢަލާނާ...އެއީ އަހްދްގް ފެރެންޑެއް...މާމާއަށް ވިޒިޓްކުރަނީ؟ކޮން ޑްރާމާއެއްގެ ވާހަކަ ތިދައްކަނީ؟ އަހަންނަކަށް ނުވިސްނޭ..."
"ފްފްޓް...ޑަމް ކަމަށް ނެހެދިބަލަ....އަހަރެންވެސް ދެކުނީމޭ މާމަ ބާބިލްގެ މޫނަށް ބަަލައިލަނީ ކިހިނެއްކަމާއި އެކުއްޖާ ފެނުމުްނ މާމަ އުފާވެފައި ހުރިވަރުވެސް މީހަކު މާޒީން އެނބުރި ވުޖޫދަށް އައީމަ އެހެންވާނީ..."
"ހަގީގަތަށް ބުނަންޏާ އަހަންނަކަށްވެސް ނޭގޭ. މާމަ އެއްވެސްޖަހަލަ ވާހަކައެއްނުދައްކާ...އެެއީ ކޮމްޕްލިކޭޓެޑްކަމެއް..."
ކޮމްޕްލިކޭޓެޑް؟ ތިއީ އަހަރެން ކަމެއް ފޮރުވަމޭ ބުނާ ކޯޑް...ސިއްރުވެރި ފިރިހެނެއްގެ ހުންނާނެ ހަކަަތަ ތިހުރީވެސް ސަބަބަބާއިކެދި.."
އެވަގުތު ފެނުނީ ޖެނީފާ ވޭޕުން ދުން އަރުވަމުން ނުކުމެހެން އައިތަނެވެ.
"އޯ...މިއީ ކާކު؟ލޯބީގެ ތިނެސްކަން ތަހުގީގުކުރާ ފަޑިޔާރާއި މިސްޓަރ މިސްޓީިޔަސް؟ަކަލޭމެނެް ކުދިން މަ ނުލާ ގޮސިޕްކުރަނީ..."
އާރިކްއަށް ކަޅި ހިންގައިނުލެވެނީ ކިރިޔާއެވެ. އަލާނާގެ މޫނު ރަޔްވިއެވެ.
***
އަލާނާ އޭނަގެ ކޮޓަރީގެ އެނދުގައި އޮށޯވެލައިގެން އޮތްއިރު އިވެނީ ހަމައެކަނި ވާރޭގެ ނާނާއެވެ. ކަރަންޓު މައްސަލައެއްޖެހިގެން އުއްބައްތި ދިއްލާލާފައި ހުރުމުން ލޮލަށް ފަސޭހަ ރީދޫ އައްޔަކުން ކޮޓަރިތެރެވަނީ އުޖާލާވެފައެވެ. ފިނިން ސަލާމަތްވާން ރަޖާގެ ތެރޭ ފޮރުވިގެން އޮތްއިރު އޭނަގެ ސިކުނޑީގެ ތެރޭގައި ޚިޔާލުގެ އޮއިވަރެއް ހިނގަނީއެވެ.
"އަހަރެން މިހާވަރަށް އަޅާލަނީ ކީއްވެ؟ އަމިއްލަ ކަމެއްގެ ގޮތުގައި ބެލެވެނީ ކީއްވެތަ؟"
އޭނަ ޖެއްސުންކޮށް ދިމާކޮށްލުމުން އާރިކް އެއްފަހަރު ހީލިތަން އޭނައަށް ފެނުނެވެ. "ސިއްރުވެރި ފިރިހެނާ"ގެ ތޮށިން ބޭރުވާފަދަ ލަދުރަކި އޯގާތެރި ހިނިތުންވުމެކެވެ. އޭނަގެ ފޯނު ތެޅިލުމުން ބަލައިލިއިރު ބާބިލްގެ މެސެޖެކެވެ. "އަލާނާ އެކަންޏެއްނޫން މިކަމުގައި އުޅެނީ....ބައެއްފަހަރު އާއިލީ ގުޅުމަކީ ހަމައެކަނި ލޭގެ ގުޅުމެއްވެސް ނޫން.."
އޭނައަށް ހީލެވުނުއިރު މުޅި ހަށިގަނޑަށް މަޑު ހޫނު އިހުސާސެއްކުރެވުނެވެ.
"އާރިކްއާއި އެކުވެރިކަން ބޭއްވުނަސް ބޮޑުވަރު އެކަމަކު ޑޭޑްއާއި މަންމަގެ ވިސްނުމަކީ އަހަރެެން ދެމީހުން ގުޅުވުން. އާރިކްއަށް އަހަންނަކީ އޭނަގެ ދޮންމަންމަގެ ދަރިއެއްކަން އެނގިއްޖެއްޔާ ނަފްރަތުކުރާނެތަ؟ޖެނީފާ ކޮންމެފަދަ މަގަކުން ހިނގިޔަސް މަންމައަށްވުމުން އޭނަ ގަދަރުކުރޭ....އެލޮލުން ފެންނަނީވެސް ލޯތްބާއި ކުލުނު...އެކަމަކު ދެ އާއިލާއެއްގެ ދޭތެރޭގައިވާ ހަމަނުޖެހުން ނައްތައިލަން އަހަރެން އާރިކްއާއި ގުޅުމަކީ މުހިއްމުކަމެއް. ގަބީލާތައް ގުޅުވަންވެސް ދެ ގަބީލާގެ ކުދިން ދެވައެއްނު..އަހަރެން ކިހިނެއްހަދާނީ؟ ސަމާސާއަކަށް ހަދާފައި ޕްރޮޕޯސްކުރާނީ..."
އަލާނާގެ ބޮލުތެރޭގައި އެތައް ވައްތަރަކަށް އޭނަ ކައިވެނީގެ ހުށަހެޅުމެއް އެތައް ވައްތަރަށް ކުޅެވުނެވެ.
***
އަލާނާ ފެން ފައްވާރާއާއި ކައިރީގައިވާ ބެންޗެއްގައި އިށީދެލައިގެން އިންއިރު ފިނި ވައިރޯޅިތައް އޭނަގެ މޫނުގައި ބީހުމުގެ އުފާ ލިބިގަންނަމުން ދިޔައެވެ.
އަހެދް ސަލާމްގޮވައިލިއެވެ.
"އަހެދް...އަހަރެމެން އެބަޖެހޭ ވާހަކަދައްކައިލަން..."އަލާނާގެެ ލޮލުން ފެނުނި ލާނެތްކަމެވެ." މީހަކާއި ބެހޭގޮތުން..ސިއްރުތައް....އަދި ފަހަރެއްގައި އާއިލީވާހަކަތައްވެސް...."
އަހެދްގެ ލޮލުން ހާސްކަމެއްނުފެނުނެވެ.
"ތިބުނީ އަލާނާގެ ޚިޔާލުގައި އަބަދުހެން ވާ މިސްޓްރީ މޭންގެ ވާހަކަތަ؟"
"ކިހިނެއް އެނގުނީ؟"އަލާނާގެ ހުނުމުގައި ކަންބޮޑުވުން އެކުލެވުނެވެ.
"މިހެންވެސް ހަމަބުނެވިދާނެ...އަހަރެންވެސް މިދަނީ މި ޝޯ ބަލަމުން..."އަހެދް އެއްލޯ މަަރައިލިއެވެ.
ދެމީހުންގެ އެކުވެރިކަމުގެ ގުޅުން އުފެދުނީ އެފަދަ ގޮތަކަށެވެ. މަޑުމަޑުން ހަގީގަތް ހޯދުމުގައެވެ. އެވެސް ނާޒުކް ހިތްތައް ހަލާކުނުކޮށް ބަލައިގެންނެވެ.
***
ސިއްހަތާއި ބެހޭ ވަޒީރު ވަޑައިގަންނަވާއިރަށް މަރުހަބާކިޔަން އެންމެން ހޭލަމޭލަވެ އުޅެއެވެ. އާރިކްގެ ބައްޕައަށް ސިއްހީ ވުޒާރާ ހިންގަން ލިބުނުކަމީ ގާބިލުކަމުގެ ހެއްކެކެވެ. އެފަދަ ތަޖުރިބާހުރި ބޭފުޅަކަށްވުމަކީ މީހުންގެ ހިތްތަކުގައި އޭނަގެ ގަދަރު އުފުލި ލޯބިވާ އެއް ސަބަބެވެ. މިހާ މީހުން ގަޔާވި ހެލްތް މިނިސްޓަރެއް އަދި ތާރީޚު ނުދެކެއެވެ.
ޖެނީފާ ކޮޓަރިން ބޭރަށް ނުކުތްތަނާ ފުރުގާން ފެނުމާއެކު ލޯ ހަނިވިއެވެ. އޭނަގެ ތަބީއަތު އެހާ ގޯސްވެފައިވަނިކޮށް ފުރުގާން ހާޟިރުވުމުން އަނދަމުންދާ ތެޔޮގަނޑަކަށް ތެޔޮ އެޅިފަދައެވެ.
"މިނިސްޓްރ ފުރުގާން..."ޖެނީފާ އަޑުކޮޅަށް ގޮވައިލިއިެރު އެއްއަތުގައި ވޭޕްއެވެ."" ކިހާ ރަގަޅު މި ގެނެބމުންދާ ނަވަށް ވަޑައިގެންނެވިކަން...ތިބޭފުޅާ ހާޟިރުވެ ބައްދަލުވުމުން ދެން މަރުވިޔަސް އެންމެންދާނީ ހަމަ އުފަލުން...."
"ޖެނީފާ...ތިއީ ހަމަ އުފާވެރި ކަމެއް..." ފުރުގާން އެއްބުމަ އަރުވައިލިއެވެ.
."އޯ ޕްލީޒް އެކަމަކު ދެން އަމިއްލަ ނަފުސަށް ޚުޝާމަދުކުރުވާކަށް ނުވާނެ..މި ހޮސްޕިޓަލް؟ ހަމަ ޖޯކެއް...ބަލިމީހުންނަށް ފަރުވާދެނީ ނަމްބަރުތައް ކަމަށް ދެކިގެން އަދި ސްޓާފުން ލައްވާ ކުޅަދާނަނުވާ ވަރަށް މަސައްކަތް ޖައްސުވާ މަސައްކަތާއި އެއްވަރަށް މުސާރަ ނުދެވޭ...މި ގައުމު ދުށް އެންމެ ނާގާބިލު ހެލްތް މިނިސްޓަރަކީ ތިއީ.."
"ދެޓްސް އިނަފް..."ފުރުގާންގެ ބުމަކައިރިވިއެވެ.
"އޯ ނޯ....ހަގީގަތް އަޑުއަހަން ކެރޭނެ؟ އަހަރެން މަދިރިއެއްގެ ފަރާތުންވެސް ތިއަށްވުރެ ބޮޑަށް ހަމްދަރުދީ ދެކެން.."
އެނެމްނެ ތިބީ ގާބުދުތަކެއްހެން ހިމޭނުން އެދެމީހުންގެ "ޑްރާމާ"ދެކެން ފޯރިހިފާފައި ނަމަވެސް ހިމޭނުންނެވެ. ޖެނީފާގެ އަޑު އެހާ ހަރެވެ. ފުރުގާން އަތް މުށްކަވައިލިޔަސް އިތުރު އެއޗެއް ނުބުނެއެވެ.ހަމައެކަނި ބޯ ޖަހާލާފައި ދުރަށް ހިނގައިގަތީއެވެ. އެންމެން ހައިރާންކޮށްލަމުންނެވެ. އެކަމަކު ހަގީގަތަކީ ނަފްސާނީ ބަލިމީހުންނާއި ޑްރަގްއިން ސަލާމަތްވާން އެތަނުގައި ތިބިމީހުން ކޮންމެފަދަ އެއްޗެއްކީޔާފާނެކަމަށް ވިސްނޭތިއެވެ. ނަމަވެސް ޖެނީފާގެ ވާހަކަދެއްކުމުގައި ސިއްރު ތަކެއް ހިމެނުނުހެން ހީވިއެވެ. އެހެން ބަލިމީހުންނާއި އޭނަ ތަފާތެވެ.
***
ފުރުގާން ހޮސްޕިޓަލުގެ ބަގީޗާގެ ތެރޭގައި ހިޔާކޮށްފައިވާ ބައިގާ އާރިކްގެ އިންތިޒަރުގައި އިންއިރު މޫނުމަތިން ކޮންމެވެސް ވަރަކަށް ބޮޑާކަން ފެންނާން ހުއްޓެވެ. އަވީގެ އަސަރެއްނެތަސް އަޅާފައިވާ އަވިއައިނާއި ކޯޓުގެ ސަބަބުންކަމަށް ވެދާނެއެވެ.
އާރިކްގެ ފިޔަވަޅުގައި ލަސްކަމެއް ހުއްޓެވެ. ވަރުބަލިވެފައެވެ.
"ބައްޕާ.."ޢޭނަގެ ރާގުގައި ރަސްމީކަމެއްނެތެވެ.
"އަހަރެންގެ ސްޓާފުން ކުރިމަތީގައި އެ އަންހެނާ ލައްވާ ކުޑަމީސްކުރުވައިފި..."
"ތިބުނީ އަޅުގަނޑުގެ މަންމަ؟" އޭނަ ބުމަ އަރުވައިލިއެވެ.
އެލަފުޒު އިވުމުން އެނދިހެން ހީވާފަދަގޮތަަކަށް އޭނަ މޫނަށް ގޮތެއްހެދިއެވެ."އޭނައަކީ ބޯހަމަޖެހޭ މީހެއްނޫން އާރިކް.."
"ޢެކަމަކު ހަމަ ކުރީގެ އަންހެނުން..އަދި ޓެކްނިކަލީ ޔޯ ޕޭޝަންޓް..."
"ތި ވަޒީފާގައި އާރިކް ޒިންމާދާރުކުރަން ގެނެވުނީ..."
"ޓްރަސްޓް މީ ޑޭޑް...ފުރައްސާރައާއި ވޭޕަށްވުރެ މާ ނުބައި ކަންތައްތަކުންވެސް ސަލާމަތްވެގެން މިހިސާބަށް މި އައީ.."ޢޭނަ ހީލިއެވެ.
"އަހަރެން މި ހޮސްޕިޓަލް އިމާރާތްކުރީ އެ ރަށްފުށުގެ ހާލިން އަރައިގަނެ ކުރިއަށް ގެންދަންވެގެން..އެ އަންހެނާއާއި..މާޒީ....އެއީ ވަޅުލާފައި ބަހައްޓަންޖެހެނީ..."
"ތިދައްކަނީ މަންމަގެ ވާހަކަ؟ އަޅުގަނޑަށް ލިބުނު އަނިޔާ؟ ނޫނީ ދުވަހަކުވެސް ދިމާނުވާ އަންހެންކޮއްކޮގެ ވާހަކަ؟ "އޭނަގެ ކަންކަތުރަށް ވާންވެލިއެވެ.
"ކީކޭ؟" ފުރުގާންވެސް ސިހުނެވެ.
"އަޅާނުލާ..."
"އާރިކްގެ ހިތް ކަފަކޮޅެއްހާ މަޑު .އެއީ ބަލިފަޔަކީ..."
"އަބަދުވެސް އޯގާތެރިކަން ބަލިކަށިކަމުގައި ތިދެކެނީ..."އޭނަގެ އަޑުގައިވީ ސާބިތުކަމެވެ."އެހެންވެ ކަން ނޭގޭ އަޅާލާ މީހުން ގެއްލެނީ.."
އޭނަ ދުރަށް ދާން ހިނގައިގަތީ ފުރުގާން އެ ވާރެއާއި ކުށްވެރި އިހުސާސްގެ ދުނިޔެއަށް އެކަނިކޮށްލާފައެވެ.
ނުނިމޭ