23 Aug 2012, 11:57
ދުވަހު ކުއްޔަށް ކޮޓަރިދޭ ގެއެއްގެ ތެރެއިން މަސްތުވާތަކެއްޗާ އެކު ފަސް މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ހ. ނޫރުއައްސޭރި ކިޔާ ގެއެއްގެ ތެރެއިން ފަސް މީހަކު ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހު ކަމަށާއި އެއީ ފިރިހެނުން ތަކެއް ކަމަށެވެ.
އަދި އެގޭގެ ކޮޓަރިއެއްގެ ތެރެއިން އެ ދުވަހުގެރޭ 7:30 ހާއިރު ފަސް މީހުން ހައްޔަރު ކުރިއިރު އެ މީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ހަ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން އަދި ބުނީ އެކޮޓަރި ތެރެއިން މަސްތުވާތަކެތި ބޭނުންކުރުމަށް ބޭނުންކުރާ އާލާތްތައް ވެސް ފެނިފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ކަމެއް ނުވަތަ ނޫން ކަމެއް ވެސް ސާފެއްނުވެ އެވެ.