19 Nov 2025, 16:16

ސައުދީ އަރަބިއާގެ ރިޔާދުގައި ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އަންހެން 100 މީޓަރު ދުވުމުގެ ސެމީ ފައިނަލުގައި ރާއްޖޭގެ އައިޝަތު ޝަބާ ސަލީމް ވާދަކޮށްފިއެވެ.
ޝަބާ ވާދަކޮށްފައިވަނީ ސެމީފައިނަލުގެ ހީޓް އެކެއްގައެވެ. އެ ހީޓްގައި ވާދަކޮށް، އޭނާ ރޭސް ނިންމީ 12.97 ސިކުންތުންނެވެ. ޝަބާ ހީޓްގެ ހަވަނައިގައި ނިންމާލިއިރު، އެ ހީޓްގެ އެއްވަނަ ހޯދީ ކެމަރޫންގެ ކޮލޭ އެޓާމޭ ހޭވާޖް ޓޮންޖޮކެވެ. އޭނާގެ ޓައިމިންއަކީ 11.31 ސިކުންތެވެ.
މިވަގުތު ރާއްޖޭގައި އެންމެ އުންމީދީ ދުވުންތެރިންތަކުގެ ތެރޭގައި ޝަބާ ހިމެނެއެވެ. އޭނާ ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.
ޝަބާއަކީ މިވަގުތު ކުރިއަރަމުން އަންނަ ދުވުންތެރިއެކެވެ. ރާއްޖޭގެ މުބާރާތްތަކުގައިވެސް ރަނގަޅު ކާމިޔާބީތަކެއް ނެރެމުން އަންނަ އިރު، ބައިނަލްއަގުވާމީ މުބާރާތްތަކުގައިވެސް ޝަބާ ދަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދަމުންނެވެ.