އައްޑޫ ސިޓީއާ 1،642 ކިލޯމީޓަރު ކައިރިއަށް، 5.2 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އަރައިފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން އާއްމުކުރި މައުލޫމާތުގައިވާ ގޮތުން މި ބިންހެލުން އެރީ 'މިޑް އިންޑިއަން ރިޖް'އަށެވެ.

އެ ސަރަހައްދާ އައްޑޫ ސިޓީއާ ހުރި ދުރުމިނުގައި ގާތްގަނޑަކަށް 1،642 ހުންނާނެ ކަމަށް މެޓުން ބުންޏެވެ.

މި ބިންހެލުން އެ ސަރަހައްދަށް އަރާފައި ވަނީ 5.2 މެގްނިޓިއުޑްގެ ބާރުމިނުގައި މިރޭ ގަޑިން 20:35 ހާއިރުއެވެ.

އެހެން ނަމަވެސް މެޓުން ބުނި ގޮތުގައި ބިންހެލުމާއެކު ރާއްޖެ ސަރަހައްދަށް ނުރައްކަލެއް އޮތް ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ވެސް ދިވެހިރާއްޖެއާ، 912 ކިލޯމީޓަރު ދުރަށް ބިންހެލުމެއް އައިސްފައިވެއެވެ. މި ބިންހެލުން އައީ ކާލްސްބާގް ރިޖް އަށެވެ. ބިންހެލުން އައީ 4.7 މެގްނެޓިއުޑްގެ ބާރު މިނުގައެވެ.