ޖަޔަޕޫރު (އޮގަސްޓް 23): އިންޑިޔާގެ ހުޅަނގުގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ރާޖެސްތާނަށް ކުރަމުންދާ ގަދަ ވިއްސާރައިގާ އެސްޓޭޓްގެ ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެ 20 މީހަކު މަރުވެ އެތައްހާސްބައަކު ޙާލުގައި ޖެހިއްޖެ އެވެ.

ރާޖެސްތާނުގެ ލޯކަލް ސަރުކާރުން ބުނީ ވިއްސާރައިގެ ސަބަބުން އާންމު ދިރިއުޅުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެ ގެތަކުގައި ފެންބޮޑުވުމުގެ ސަބަބުން ވިހިހާހަށް ވުރެ ގިނަ މީހުން ރައްކާތެރިތަންތަނަށް ގެންދިޔުމަށް މަސައްކަތް ކުރަމުން ގެންދާކަމުގަ އެވެ. އަދި ބިންގަނޑު ކަނޑައިގެން ދިޔުމާ އެކު ބްރިޖްތައް ވެއްޓި ކަރަންޓް ކަނޑައިގެންގޮސް މަގުތައް ހަލާކުވެ އިންފްރާސްޓްރަކްޗަރ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

މިއީ 1081 ވަނަ އަހަރަށް ފަހު ރާޖެސްތާނަށް ކުރާ އެންމެގަދަ ވިއްސާރަކަމަށް ވެސް އެސްްޓޭޓުން ބުނެ އެވެ. ރާޖެސްތާނަކީ އިންޑިޔާގެ އެހެން ސްޓޭޓްތަކަށް ވުރެ ހަނަފަސް އަދި ވާރޭވެހުން ކުޑަ ސްޓޭޓެކެވެ. މިއަހަރުގެ ހުޅަނގު މޫސުމުގައި އިންޑިޔާގެ އެކިސްޓޭޓްތަކަށް ދަނީ އާދަޔާ ޚިލާފަށް ވިއްސާރަކުރަމުންނެވެ.

ފާއިތުވި ދެތިން މަސްދުވަހުގެ ތެރޭގައި ވިއްސާރައިގެ ސަަބަބުން ބޮޑެތި ގެއްލުންތަކެއްލިބި ގިނަ ޢަދަދެއްގެ ބަޔަކު މަރުވެ އަދި ޙާލުގައި ޖެހިފައިވާ ސްޓޭޓްތަކުގެ ތެރޭގައި އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތަރައްކާންދް އާއި އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ އާސާމް އާއި އިރުމަތީ ސްޓޭޓެއް ކަމަށްވާ ވެސްޓް ބެންގޯލް ގެ ބައެއް ސަރަޙައްދުތައް ހިމެނެ އެވެ. (ބީ.ބ.ީސީ)