17 Nov 2025, 09:53
މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ރޭ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ ރެޑް ފޯޓު ސަރަހައްދުގައި ކާރެއް ގޮވި ހާދިސާއާ ގުޅިގެން އެކަކު ހައްޔަރުކޮށްފިއެވެ.
ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީ (އެންއައިއޭ) އިން ބުނީ ސަރުކާރުން ޓެރަރިސްޓް ހަމަލާއެއް ކަމަށް ބުނާ އެ ހަމަލާގައި ބޭނުންކުރި ކާރަކީ ހައްޔަރުކުރި މީހާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކާރެކެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ކާރު ގޮއްވާލި މީހާއަށް އެހީތެރިވި ކަމަށް ތުހުމަތުކޮށްފައެވެ. ކާރު ގޮއްވާލި ކަމަށް ޝައްކު ކުރެވޭ މީހާއަކީ ކަޝްމީރުގެ ރައްޔިތެއް ކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
އަދި އޭނާ ދިއްލީއަށް އައީ ކާރު ގަތުމުގައި އެހީތެރިވާން ކަމަށާއި ކާރު ގަތުމަށް ފަހު، ހަމަލާދޭން އައިއީޑީ ހަރުކޮށް ގޮވާ ގޮތަށް އެ ބަދަލުކުރީ ކަމަށް އެންއައިއޭއިން ނެރުނު ބަޔާނުގައި ބުންޏެވެ.
ކާރު ގޮއްވާލައިގެން އަމިއްލައަށް މަރުވީ ކަޝްމީރަށް ނިސްބަތްވާ ހަރިޔާނާ ސްޓޭޓްގައި ހުންނަ ޔުނިވަސިޓީއެއްގައި މަސައްކަތްކުރާ ޖެނެރަލް މެޑިސިންގެ އެސިސްޓެންޓް ޕްރޮފެސަރެއް ކަމަށްވާ އުމަރުއް ނަބީއެވެ.
އެންއައިއޭ އިން ބުނީ އަމިއްލައަށް މަރުވެގެން ދިން އެ ހަމަލާ ދިން ކަމަށް ތުހުމަތުވާ އުމަރުއް ނަބީގެ ނަން މަތީގައި އޮތް އެހެން އުޅަނދެއްވެސް އަތުލައިގެންފައިވާ ކަމަށެވެ. މިހާތަނަށް އެ އިދާރާއިން ވަނީ ބޮމުގެ ހަމަލާގައި ޒަޚަމްވި މީހުން ހިމެނޭ ގޮތަށް 73 މީހުންނާ ސުވާލުކޮށްފައެވެ.
ތާރީޚީ ތަނެއް ކަމަށްވާ ރެޑް ފޯޓުގެ ބޭރުގެ ގޮއްވާލި ގޮއްވާލުމަކީ 2011 ވަނަ އަހަރަށް ފަހު ސެކިއުރިޓީ ވަރަށް ވަރުގަދަކޮށްފައިވާ އެ ސިޓީގައި ހިނގި މިފަދަ ފުރަތަމަ ގޮވުމެވެ.
އިންޑިއާ ގަޑިން މިދިޔަ އާދިއްތަ ދުވަހުގެ އިރުއޮއްސި 18:52 ހާއިރު ހިނގި އެ ހާދިސާގައި 10 މީހަކު މަރުވެ، އެތައް ބަޔަކު ވަނީ ޒަޚަމްވެފައިވާ ކަމަށް އެންއައިއޭއިން ބުނެއެވެ.