19:00


މަޢާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ލަފާއެރުވުމަށްޓަކައި  ކްލެމެންސީ ބޯޑު އެކުލަވާލައްވައިފި އެވެ.


އެބޯޑުގެ ރައީސަކީ އެޓަރނީ ޖެނެރަލް އަލްއުސްތާޛު ޙުސްނުއްސުޢޫދެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންނަކީ އިޖްތިމާއީ ދާއިރާ އިން މ.އެމޭޒާ، މަރިޔަމް ސުޒީ އާދަމާއި، ޤާނޫނީ ދާއިރާ އިން ގދ. ފިޔޯރީ، ހެވަންލީ ހެވަން، ނާޒިލް އަފީފާއި، ތައުލީމީ ދާއިރާ އިން ހ.ޖަނަވަރީމާގޭ ޝިފާ މުޙައްމަދާއި، ސިއްހީ ދާއިރާ އިން މއ. ސަތަރުގޭ ޑރ. އަހްމަދު ރާޒީ އާއި، ދީނީ ޢިލްމުގެ ދާއިރާއިން ގ. ދަތުގޭ އައްޝައިޚް މުޙަންމަދު ފާރޫޤާއި، މަދަނީ ޖަމްޢިއްޔާއެއްގެ ފަރާތުން ހ. އިސްދޫ، މައިޒާން ޢަލި މަނިކާއި، ފެރޯލް ބޯޑުގެ ފަރާތުން މ. އުނިމާ، އަހްމަދު އާދިލާއި، ފުލުހުންގެ ދާއިރާގެ ފަރާތުން އެސިސްޓެންޓް ކަމިޝަނަރ އޮފް ޕޮލިސް މުޙަންމަދު ޞާދިޤާއި، ޝަރްޢީ ދާއިރާ އިން ހ. ޝޭޑީކޯނަރ، އަލްއުސްތާޛު ޙުސައިން ޝަމީމް އަދި ރައްޔިތުންގެ މަޖިލީހުން، އެމަޖިލީހުގެ މެންބަރުން ޢައްޔަން ކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރ އަހްމަދު މަހްލޫފް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.