22 Aug 2012, 16:32
ނ. އަތޮޅުގައި ރިސޯޓެއްގެ ގޮތަށް ތަރައްގީކުރަމުންދާ ރަންދެލީގައި ގިނަ އަދަދެއްގެ މުވައްޒިފުން ކާނާ ވިހަވެގެން އެ އަތޮޅު މަނަދޫ ހޮސްޕިޓަލަށް ގެންދަން ފަށައިފި އެވެ.
މަނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނަސީރު މިއަދު ވިދާޅުވީ ރަންދެލީގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ކާނާ ވިހަވަގެން މަނަދުއަށް ގެންދަމުންދާ ކަމަށާއި މިހާރު 45 މީހުން ގެންގޮސްފައިވާ ކަމަށެވެ. އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެގޮތުން ނ. އަތޮޅު ހޮސްޕިޓަލާއި މަނަދޫ ޕޮލިސް ސްޓޭޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
އެނގިފައިވާގޮތުގައި އެރިސޯޓްގައި މަސައްކަތްކުރާ 100 އެއްހާ މުވައްޒަފުންނަށް ކާނާ ވިހަ ވުމުގެ އަސަރު ކޮށްފައި ވެއެވެ. އަދި އޭގެތެރޭގައި ގިނަ އަދަކަށް ބިދޭސީން ހިމެނޭކަމަށް ވެސް ވެއެވެ.
މަނަދޫ ހޮސްޕިޓަލުގެ އިސް އޮފިޝަލަކު ވިދާޅުވީ އެމީހުނަށް ފަރުވާދިނުމުގެ މަސައްކަތް ޑޮކްޓަރުން ކުރައްވަމުންއަންނަ ކަމަށެވެ. އަދި ޑޮކްޓަރުން ބައްލަވާ ނުނިމޭތީ އެމީހުންގެ ހާލު ސީރިއަސްކަން ނުވަތަ ނޫންކަން ދައްނަވަން ނޭންގޭ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ އެހީތެރިކަމާއެކު އެމީހުނަށް ފަރުވާ ހޯދައިދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި 45 މީހުން މަނަދޫ ހޮސްޕިޓަލަށް އަދި 10 މީހަކު ހޮޅުދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.
އެކަމާބެހޭ ގޮތުން ރަންގަލީގެ ބަހެއް ހޯދަން ކުރިމަސައްކަތް ވަނީ ނާކާމިޔާބު ވެފަ އެވެ.