22 Aug 2012, 16:02
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރެޑިންގްއާ ދެކޮޅަށް ނުކުންނާނީ އެ ޓީމަކީ ވެސް ލީގުގައި ވާދަކުރާ އެހެން ޓީމްތަކެކޭ އެއްގޮތަށް ވަރުގަދަ ޓީމެއްކަން ދަނެ މޮޅުވުމުގެ އުންމީދުގައި ކަމަށް ޗެލްސީގެ ކޯޗް ރޮބާޓޯ ޑިމަޓޭއޯ ބުނެފި އެވެ.
ޗެލްސީގެ ސްޓެމްފަޑް ބްރިޖްގައި މިރޭ ރާއްޖޭ ގަޑިން 11:45ގައި ރެޑިންގްއާ ދެކޮޅަށް ޗެލްސީ ނުކުތުމުގެ ކުރިން ރޮބާޓޯ ބުނެފައި ވަނީ، މިރޭގެ މެޗަކީ ވެސް ފަސޭހަކަމާ އެކު ދޫކޮށްލެވޭ ވަރުގެ މެޗެއް ނޫން ކަމަށާއި އިދިކޮޅު ރެޑިންގް އަކީ އެހެން ޓީމުތަކެކޭ އެއްގޮތަށް ލީގުގައި ވާދަކުރާނެ ވަރުގަދަ ޓީމެއް ކަމަށެވެ. އެގޮތުން އެ ޓީމުގެ ޑިފެންސްލައިން ފޫއަޅުވާލައި މެޗުން ކުރި ހޯދުމަކީ ޗެލްސީގެ އުންމީދު ކަމަށް ވެސް ރޮބާޓޯ ބުންޏެވެ.
"ރެޑިންއާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗް ފަސޭހަނުވާނެ. އެއީ މޮޅު ޓީމެއް. ފުރަތަމަ މެޗުން އަހަރުމެން މޮޅުވިޔަސް މިރޭގެ މެޗް ފަށޭހައެއް ނުވާނެ. މެޗް ފަށޭހަ ކުރާކަށް ބޭނުމެއް ނޫން،" ރޮބާޓޯ ބުންޏެވެ.
.
ލީގުގައި ޗެލްސީ ކުޅޭ ދެ ވަނަ މެޗަށް މިރޭ ރެޑިންއާ ދެކޮޅަށް ނުކުންނަ އިރު، ލީގުގައި ޗެލްސީ ކުޅުނު ފުރަތަމަ މެޗް އެ ޓީމުން ކާމިޔާބު ކުރީ އެތްލެޓިކްއާ އަތުން 2-0 ލަނޑުންނެވެ.
ރެޑިންނަކީ ލީގަށް އަލަށް ޕްރޮމޯޓުވި ޓީމަކަށްވީ އިރު، ލީގުގައި އެޓީމް ކުޅުނު ފުރަތަމަ މެޗް ނިމިފައި ވަނީ ސްޓޯކް ސިޓީއާ ބައްދަލުކޮށް 1-1 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.