މާލެއިން ބިދޭސީއަކު ގެއްލިގެން ހޯދާތާ ފަސް ދުވަސް ވެއްޖެއެވެ.

ގެއްލިގެން ހޯދަމުން ދަނީ، ބަންގްލަދޭޝަށް ނިސްބަތްވާ 30 އަހަރުގެ ޝަރީފެވެ.

ފުލުހުން މިއަދު ބުނީ، ޝަރީފް ހޯދަމުންދަނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާ ކަމަށް އިއްޔެ 14:00 ހާއިރު ރިޕޯޓްކުރުމާ ގުޅިގެން ކަމަށެވެ.

އެ ރިޕޯޓް ލިބުމުން، ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކޮށްފައި ވާނެ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން، އޭނާ ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައިނުވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

އެހެންވެ، ޝަރީފްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް، ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631696 އަށް ނުވަތަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައިގެން ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ދޭތެރެއަކުން މީހުން ގެއްލިގެން ރިޕޯޓުކުރެއެވެ. އެކަމަކު، ހޯދަން އިއުލާނުކުރާތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އާންމުކޮށް އެ މީހުން އާއިލާއާ ހަވާލުވެއެވެ.