އައްޑޫ ސިޓީގެ ހިތަދޫގައި ބޯޓަކަށް އަރުވަން ގެންދިޔަ, މުޅިން އާ ކާރެއްގައި ރޯވެ، ބޭނުންނުކުރެވޭ ވަރަށް އަނދައިފިއެވެ.

މިރޭ މި ހާދިސާ ހިނގި ސީދާ ވަގުތެއް ނޭނގެއެވެ.

މި ހާދިސާ އާ ގުޅޭގޮތުން ހިތަދޫން ވާހަކަ ދެއްކި މީހަކު 'ސަން'އަށް ބުނީ، ކާރުގައި އަލިފާން ރޯވިތާ 11 މިނެޓުތެރޭ އަލިފާން ނިވާލާފައިވާ ކަމަށެވެ.

އޭނާ ބުނީ އަލިފާން ރޯވީ ވަރަށް ފަހުން ގެނައި ހޮންޑާ ބްރޭންޑްގެ 'ފިޓް' މަރުކާގެ ކާރެއްގައި ކަމަށާއި، ކާރުގައި ރޯވީ ގަރާޖަކުން ނެރެ ބޯޓަކަށް އަރުވަން ދަނިކޮށް ކަމަށެވެ.

މި ހާދިސާގައި މީހަކަށް އަނިޔާވިކަން ނުވަތަ ނުވާކަން ސާފެއްނޫނެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެއެވެ.