ވިއެޓްނާމުގައި ކުރިއަށްދާ ބިލީ ޖީން ކިންގް ކަޕް 2025ގެ އޭޝިއާ/އޯޝޭނިއާ ގުރޫޕު 3ގެ އެއްވަނަ މަގާމާއެކު ރާއްޖެއިން ސެމީފައިނަލުން ފުރުސަތު ހޯދައިފިއެވެ.

މިދިޔަ ހޯމަ ދުވަހުން ފަށައިގެން، އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެއިން ޖުމްލަ ފަސް ކުޅުންތެރިން ވާދަކުރާއިރު ކެޕްޓަނެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ތަޖުރިބާކާރު ކުޅުންތެރިޔާ އާމިނަތު އިރުފާ އާމިރެވެ.

ވިއެޓްނާމާ ދެކޮޅަށް ކުޅުނު ސިންގަލްސް ދެ މެޗުގެ އިތުރުން ޑަބަލްސް މެޗުން ވެސް ރާއްޖެ ވަނީ މޮޅުވެފައެވެ.

ރާއްޖެ ކުޅުނު ސިންގަލްސް ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވަނީ އުންމީދީ ތަރި ނަބާ ނިޝާނެވެ. އޭނާ މި މެޗު ކާމިޔާބުކުރީ ވިއެޓްނާމުގެ ކުޅުންތެރިޔާއާ ވާދަކޮށް 6-0، 3-6 އަދި 6-4ގެ ނަތީޖާއަކުންނެވެ.

ދެވަނަ މެޗު ކާމިޔާބުކޮށްފައިވަނީ އާރާ އާސާލް އާސަލް އާޒިމެވެ. އޭނާ މެޗު ކާމިޔާބުކޮށްފައިވަނީ ވިއެޓްނާމުގެ ކުޅުންތެރިޔާއާ ވާދަކޮށް 6-7، 6-3 އަދި 6-2 އިންނެވެ.

ބިލީ ޖީން ކަޕުގައި ވާދަކުރާ ދިވެހި ޓީމު--

ޖުމްލަ ހަތް ގައުމާއެކު މި މުބާރާތް ކުރިއަށްދަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ރާއްޖެ ހިމެނޭ ގުރޫޕުގައި ދެން ހިމެނެނީ ބަހްރޭނުގެ އިތުރުން ވިއެޓްނާމެވެ.

ރާއްޖެ ވަނީ ފުރަތަމަ މެޗުގައި ބަހުރޭނުވެސް ބަލިކޮށްފައެވެ. އެ މެޗުވެސް ރާއްޖެ ކާމިޔާބުކޮށްފައިވަނީ ތިން ގޭމުންނެވެ.

ފައިނަލްގެ ޖާގަ ކަށަވަރުކުރަން މާދަމާ ސެމީފައިނަލްގައި ރާއްޖެ ނިކުންނާނީ ޖޯޑަންއާ ދެކޮޅަށެވެ.

ބިލީ ޖީން ކިންގް ކަޕްގައި ރާއްޖެއިން ވާދަކުރަނީ ނަބާ ނިޝާން، އާރާ އާސަލް އާޒިމް، ނަޔާރާ އުސާމާ ޢަލީ އަދި ޢާއިޝަތު ކަރިން ސައިޒާންއެވެ.

ދިވެހި ޓީމުގެ ހެޑު ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވަނީ އީރާނުގެ އަލީ ރިޒާއެވެ.

ސެމީ ފައިނަލުގައި ރާއްޖެ ބައްދަލުކުރަން ޖެހޭނީ ޖޯޑަންއާއެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.