ޖަޕާނު ސަރުކާރުން ދޭ، ދަ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް (ޖޭޑީއެސް)އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ 22ގައެވެ. މީގެ ކުރިން ޖޭޑީއެސް ސްކޮލާޝިޕަށް ކުރިމަތިލުމުގެ އެންމެ ފަހު ދުވަހެއްގެ ގޮތުގައި އޮތީ ފާއިތުވީ ހޯމަ ދުވަހެވެ.

އެހެން ނަމަވެސް މިހާރު ޖޭޑީއެސް އިން ވަނީ މި ސްކޮލާޝިޕަށް ކުރިމަތިލުމުގެ މުއްދަތު، އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

މި ސްކޮލާޝިޕްގައި ކޮންމެ ޔުނިވާސިޓީއަކުން ވެސް ލިބޭނީ ދެ ފުރުސަތެވެ. ކިޔެވުމުގެ ހުރިހާ ހަރަދަކާއި ދަތުރުގެ ހަރަދުތަކުގެ އިތުރުން، ޖަޕާނުގައި ދިރިއުޅުމާއި އެނބުރި ރާއްޖެ އައުމުގެ ހުރިހާ ހަރަދެއް ވެސް ދޭން ނިންމާފައި ވަނީ ޖަޕާނު ސަރުކާރުންނެވެ.

ސްކޮލާޝިޕް ދޭން ހަމަޖެހިފައިވާ ޕްރޮގްރާމްތައް:

1. އިންޓަނޭޝަނަލް ޔުނިވަރސިޓީ އޮފް ޖަޕާން (އައިޔޫޖޭ): މާސްޓާ އޮފް އާޓްސް އިން އިކޮނޮމިކްސް ނުވަތަ މާސްޓާ އޮފް އާޓްސް އިން އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް

2. ރިޓްސުމެއިކަން ޔުނިވަސިޓީ: މާސްޓާ އޮފް އާޓްސް އިން އިންޓަނޭޝަނަލް ރިލޭޝަންސް

3. ރިޓްސުމެއިކަން އޭޝިއާ ޕެސިފިކް ޔުނިވަރސިޓީ (ރިޓްސުމެއިކަން އޭޕީޔޫ): މާސްޓާ އޮފް ސައިންސް އިން އިންޓަނޭޝަނަލް ކޯޕަރޭޝަން ޕޮލިސީ

މި ސްކޮލާޝިޕަށް ހުށަހެޅޭނީ ދިވެހި ސަރުކާރުން ބަލައިގަންނަން ބެޗެލާސް ޑިގްރީއެއް އޮންނަ ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނާއި މިނިވަން މުއައްސަސާތަކުގެ ދާއިމީ މުވައްޒަފުންނާއި ކޯޓުތަކާއި، ކޯޓުތަކާއި ގުޅުން ހުރި އިދާރާތަކުގެ ދާއިމީ މުވައްޒަފުންނަށެވެ.

އެ މުވައްޒަފުންނަކީ މަދުވެގެން ދެ އަހަރުގެ މަސައްކަތުގެ ތަޖުރިބާ ހުރި ފުލްޓައިމްކޮށް މިހާރު މަސައްކަތްކުރާ މުވައްޒަފުންނަށް ވާން ޖެހެއެވެ.

މި ސްކޮލާޝިޕް ޕްރޮގްރާމް ގައި ބައިވެރިވުމަށް ބޭނުންވާ މައުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި ސެޝަންގައި ބައިވެރިވެވޭނީ މިލިންކުމެދުވެރިކޮށް ރަޖިސްޓްރީ ކޮށްގެންނެވެ.

ސްކޮލާޝިޕާ ގުޅޭ އިތުރު މައުލޫމާތު ޖޭޑީއެސްގެވެބްސައިޓުމެދުވެރިކޮށް ލިބޭނެއެވެ.