11 Nov 2025, 17:10
އިންޑޮނޭޝިއާގައި ބާއްވާ 16 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ބޮޑީ ބިލްޑިން ޓީމު ފުރައިފިއެވެ.
އިންޑޮނޭޝިއާގެ ބަޓަމްގައި ބާއްވާ މި މުބާރާތް ކުރިއަށްދާނީ ބުރާސްފަތި ދުވަހުންގެ ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ.
ޖުމްލަ ފަސް އެތުލީޓުން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރެއެވެ. މުބާރާތުގައި ރާއްޖެއިން ވާދަކުރާނެ ކެޓެގަރީތަކަކީ 17 ސެންޓިމީޓަރު ސްޕޯޓް ފިޒީކް، 175 ސްޕޯޓް ފިޒީކް، 167 އެތުލެޓިކް ފިޒީކް، 175 އެތުލެޓިކް ފިޒީކް އަދި އަޕް ޓު 180 އެތުލެޓިކް ފިޒީކް ކެޓަގަރީއެވެ.
މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނަކީ އަހުމަދު ނައީމް، އެންމެ ފަހުގެ މިސްޓަ މޯލްޑިވްސް ހޯދި އަޒްނީން ރަޝާދު، މަނާފް ވަހީދު، އަލީ މަބްރޫކް ލަތީފް އަދި އިސްމާއިލް ޝުއާއު ޢަބްދުﷲ އެވެ.
ޓީމުގެ ކޯޗަކަށް ޢަބްދުލްހަސީބު ހުސައިން، އަދި މެނޭޖަރެއްގެ ގޮތުގައި މުހައްމަދު ނަޒީހު ބައިވެރިވިއެވެ.