ޖުމްހޫރީ ދުވަސް ފަހާގަކުރުމަށް މިއަދު ހަވީރު މާލެއާއި ހުޅުމާލޭގައި ސްކޫލު ދަރިވަރުންގެ ޕެރޭޑު ބާއްވަން ތައްޔާރުވެއްޖެއެވެ.

ސްކޫލު ދަރިވަރުންގެ ޕެރޭޑު މާލެއާއި ހުޅުމާލޭގައި ފަށާނީ މިއަދު ހަވީރު 16:00 ޖަހާއިރެވެ.

އެގޮތުން މާލޭގައި ޕެރޭޑު ޖަހާނީ ޖުމްލަ ދެ ކޮންޓިންޖެންޓެކެވެ. އެއީ ކޮންޓިންޖެންޓް އެކަކާއި، ތިނެކެވެ.

ކޮންޓިންޖެންޓް އެކެއްގައި ހިމެނެނީ އަމީނިއްޔާ ސްކޫލް، އިސްކަންދަރު ސްކޫލް، އަހްމަދިއްޔާ ސްކޫލް، ކަލާފާނު ސްކޫލް އަދި ޞަލާހުއްދީން ސްކޫލުގެ ކެޑޭޓުންނާއި، ބޭންޑް ދަރިވަރުންނެވެ.

ކޮންޓިންޖެންޓް ތިނެއްގައި ހިމެނެނީ ދަރުމަވަންތަ ސްކޫލް، ޖަމާލުއްދީން ސްކޫލް، ރެހެންދި ސްކޫލް، ތާޖުއްދީން ސްކޫލްގެ އިތުރުން މުޙްޔިއްދީން ސްކޫލެވެ.

މާލޭގައި ޕެރޭޑް ކުރިއަށް ދާނެ މައި މަގުތަކުގެ ތެރޭ، ސޯސަން މަގާއި މަޖީދީ މަގު ހިމެނެއެވެ. އަދި ހުއްޓާ ސަރަހައްދުތަކުގެ ތެރޭ، ހޮޓެލް ޖެން ކައިރި، ސޯސަންގެ، އަލިކިލެގެފާނު މަގު ހަތަރުއަނގޮޅި، ޗާނދަނީ މަގު ހަތަރުއަނގޮޅި، ކްލިކް ކޮމްޕިއުޓާޒް، އަދި ސުޕްރީމް ކޯޓު ކުރިމަތި ހިމެނެއެވެ.

ހުޅުމާލޭގައި ޕެރޭޑް ޖަހާނީ ކޮންޓިންޖެންޓް ދޭއްގެ ދަރިވަރުންނެވެ. އެއީ މަޖީދިއްޔާ ސްކޫލް، އިމާދުއްދީން ސްކޫލް، ހިރިޔާ ސްކޫލް، ހުރަވީ ސްކޫލްގެ އިތުރުން ޣާޒީ ސްކޫލެވެެ.

ހުޅުމާލޭގައި ޕެރޭޑު ކުރިއަށް ދާނީ ސިންތެޓިކް ޓްރެކުން ފެށިގެން މައި މަގުތަކުގައެވެ. ޕެރޭޑު ހުއްޓާ ސަރަހައްދުތަކުގެ ތެރޭ، ފޭސް އެކެއް ޕޮލިސް ސްޓޭޝަން، އަމީން އެވެނިއު މޭޕަލް، ހުޅުމާލެ ފްލެޓް 100، އޯޓިޒަމް ސެންޓަރު، އަދި ފިޔަވަތި ހިމެނެއެވެ.

ސްކޫލު ކުދިންގެ ޕެރޭޑުތަކަކީ އަބަދުވެސް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބޭ ހަރަކާތެކެވެ. ގައުމީ ދުވަސްތައް ފާހަގަކުރުމަށް ކޮންމެ އަހަރަކު ވެސް މިފަދަ ހަރަކާތްތައް ބާއްވައެވެ.